މަސްތުވާތަކެތި

އިންޑިއާގައި ތަހުގީގުކުރާ ޑްރަގް މައްސަލައެއްގައި ދިވެއްސަކު ހޯދަނީ

Dec 2, 2021

އިންޑިއާގެ ފުލުހުން ތަހުގީގު ކުރަމުންދާ ޑްރަގް މައްސަލައަކާ ގުޅިގެން ދިވެއްސަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި އެވެ.

ރެޑް ނޯޓިސްގައިވާ ގޮތުގައި ހޯދަމުންދާ މީހާ އަކީ އަލީ ރަޝީދު ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ މީހެކެވެ. އޭނާ އަށް އަޒްލިފް މުހައްމަދު ކިޔާ ކަމަށްވެސް ނޯޓިސްގައިވެ އެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅިގެން އަލީ ހޯދަނީ ގިނަ އަދަދަކަށް ކެނަބިސް އުފައްދައި ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގެ ތުހުމަތުގައި ސަރަހައްދީ ގައުމުތަކާއި އެހެން ބައެއް ގައުމުތަކުން ވެސް ދިވެހިން މީގެކުރިން ހައްޔަރުކޮށްފައިވެ އެެވެ.

ދިވެހި ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާ ބައެއް މައްސަލަތަކުގައި ވެސް ބައެއް ދިވެހިން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވެ އެވެ.