މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީއަށް މެމްބަރުން އިތުރުކުރަން ގދ. އަތޮޅަށް

މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ) އަށް މެމްބަރުން އިތުރު ކުރުމުގެ ގޮތުން ގދ. އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރެއް ފަށައިފި އެވެ.

އެމްއެންޕީން ދަތުރު ފެށީ މިއަދު އެވެ. އެގޮތުން އެ ޕާޓީގެ ލީޑާޝިޕްގެ ގިނަ މެމްބަރުން ހިމެނޭ ޓީމެއް ވަނީ ގދ. ތިނަދޫއަށް ގޮއްސަ އެވެ.

މި ދަތުރުގައި އެ ޓީމުން ގދ. ހޯޑެއްދޫ އަދި މަޑަވެއްޔަށް ވެސް ޒިޔާރަތްކުރާނެ އެވެ.

އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަހުމަދު ވިދާޅުވީ މި ދަތުރަކީ ހަމައެކަނި މެމްބަރުން އިތުކުރަން ކުރާ ދަތުރެއް ނޫން ކަަމަށާއި އަދި މި ދަތުރުގައި ގދ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް އެކި ކަންކަމުގައި ހިޔާލު ހޯދާނެ ކަމަށެވެ.

"މިސާލަަކަށް މަސްވެރިކަން ފަދަ ކަންކަމުގައި އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ހޯދާނެ. ދެން އަޅުގަނޑުމެން ޕޮލިސީތައް އެކުލަވާލާއިރު އެ ހިޔާލުތަކަަށް ރިއާޔަތް ކުރާނަން"އަސްރާ ވިދާޅުވި އެވެ.

އެމްއެންޕީގެ މި ދަތުރު ނިންމާލާނީ އަންނަ ހޯމަ ދުވަހު އެވެ.

އެމްއެންޕީ އުފެއްދިތާ ދެ މަސް ވާން ކައިރިވެފައިވާ އިރު އެ ޕާޓީއަށް މިހާރު ވެސް 10،000 މެމްބަރުން ވަނީ ހޯދާފައެވެ.