ދުނިޔެ

ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު، ޖޯޖް ކޮރްދާހީއާ ހެދި މެދުއިރުމަތީ އަރަބި ގައުމުތަކުން ވަނީ ލުބްނާން ސަފުން ބާކީކޮށްފަ އެވެ. ސައޫދީއާ ޔޫއޭއީ އަދި ކުވޭތުން ބުނެފައި ވަނީ ކޮރިދާހީ ވަޒީފާގައި ދެމިހުންނެވުން ވާނީ މަސްލަހަތު ފަސޭހަ ކުރަން ހުރަކަށް ކަމަށެވެ.

މެދުއިރުމަތީ އަރަބި ގައުމުތަކާ ގުޅޭ ގޮތުން ކޮރްދާހީ ދެއްކެވި ވާހަކަތަކީ މަޝްރަހު އޮތް ގޮތުން އޭނާ ފާޅުކުރެއްވި ޚިޔާލެއް ކަމަށް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އަރަބި ގައުމުތަކާއެކު ގުޅުން ރަނގަޅުކުރަން އޮތް ހައްލަކީ އިސްތިއުފާ ދެއްވުން ކަމަށްވާ ނަމަ ލަސް ނުކުރައްވާނެ ކަމަށެވެ.

ކޮރިދާހީ މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ޓީވީއަށް ދެއްވި އިންޓަވިއުއެއް ގައި ވިދާޅުވީ ސައޫދީއާ ޔޫއޭއީ އިން ޔަމުނުގައި އެކުރަނީ ބޭކާރު ހަނގުރާމައެއް ކަމަށާއި އޭގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން މަރުވުން ނޫން ކަމެއް ނުވާ ކަމަށެވެ.

ޔަމަނުގައި ހޫތިން އެ ކުރަނީ ޖިހާދެއް ގޮތަށް ސިފަކުރައްވައި ކޮރްދާހީ ވިދާޅުވީ އެއީ ގައުމާއި އަމިއްލަ ނަސުފުގެ ދިފާއުގައި ހޫތީން ކުރާ ހަނގުރާމައެއް ކަމަށެވެ.

ކޮރްދާހީ މިގޮތަށް ވިދާޅުވުމުން ލުބުނާންގައި ތިއްބަވާ އެ ގައުމުތަކުގެ ސަފީރުން އަނބުރާ ގެންދާ ހިސާބަށް މަޝްރަހު ހޫނުފި އެވެ. އަދި ކޮރްދާނީ މާފަށް އެދި ވަޒީފާއިން ވަކިވުން ނޫން ގޮތެއް ގަބޫލު ނުކުރާނެ ކަމަށް އަރަބި ގަރުމުތަކުން އޮތީ ބުނެފަ އެވެ.