ދުނިޔެ

ޖައިޝަންކަރު ސައޫދީގައި، ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާން އަރިހުގައި

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަަމް ޖައިޝަންކަރު ސައޫދީ އަރަބިއްޔާއަށް ވަޑައިގެން ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާންއާ ބައްދަލުކުރައްވައިފި އެވެ.

ޖައިޝަންކަރުގެ މި ދަތުރަކީ ދެ ގައުމުގެ ގުޅުން މުރާޖާކުރައްވައި ގުޅުން މިހާރަށް ވުރެ ބަދަހިކުރެއްވުމަށް ކުރައްވާ ދަތުރެކެވެ.

ސައޫދީ އަރަބިއްޔާ އާއި އިންޑިއާ އަކީ އަބަދުވެސް ވަރަށް ގާތް އަދި ބަދަހި ގުޅުމެއް އޮންނަ ދެ ގައުމެވެ.

ދެ ގައުމުގެ ގުޅުމުގައި މައިގަނޑު ގޮތެއްގައި ބައިއަޅާ ދާއިރާ ތަކަކީ ސިޔާސީ، ސެކިއުރިޓީ، ހަކަތަ، ވިޔަފާރި، އިންވެސްޓްމަންޓް، ސިއްހަތު އަދި ސަގާފަތެވެ.

އިންޑިއާގެ ފޮރިން އެފެއާޒް މިނިސްޓަރުގެ ހައިސިއްޔަތުން ޖައިޝަންކަރު ސައޫދީއަށް ރަސްމީ ދަތުރެއް ކުރެއްވުމުގައި މުހިންމު ކަންތައްތަކެއް އޮންނާނެ ކަމަށް ބަލަން ޖެހެ އެވެ.

މި ދަނޑިވަޅަކީ ދުނިޔެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް -- ޚާއްސަކޮށް ކާނާ އަދި ހަކަތަ ހިމެނޭ ގޮތުން އޮއިވަރު ގަދަ ދުވަސްވަރެކެވެ.

އެހެންކަމުން، ދެ ގައުމުގެ ލާބައަށްޓަކައި ކަނޑު ހުރަސްކުރުމަކީ މިވަގުތަށް ޚާއްސަ ކަމަކަށް ނުހެދި ނަމަވެސް މުހިންމު ކަމެކެވެ.

އިންޑިއާ އަކީ ވަރަށް ބޮޑު އާބާދީ އެކެވެ. އިންޑިއާގެ ވަރަށް ގިނަ މީހުން މެދުއިރުމަތީގައި -- ޔުނައިޓެޑް އަރަބް އެމިރޭޓްސް، ކުވައިތު، ގަތަރު އަދި ސައޫދީ އަރަބިއްޔާގައި މަސައްކަތްކުރެ އެވެ. ޑޮކްޓަރުންނާއި މުދައްރިސުން އަދި ޕްރޮފެޝަލ؛ް ދާއިރާތަކުގައި ފުންނާބުއުސް އުފެއްދުންތެރިން މަސައްކަތް ކުރެ އެވެ.

ޖައިޝަންކަރު ސައޫދީއަށް ކުރައްވާ ދަތުރުގައި، ސައޫދީގައި އުޅޭ އިންޑިއާ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް އިންޑިއާގެ ނޫސްތައް ބުނެ އެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ނާއިފް ފަލާހް މުބާރަކް އަލްހަޖްރާފްއާ ވެސް ޖައިޝަންކަރު ބައްދަލު ކުރައްވާނެ އެވެ.

ޖައިޝަންކަރުގެ ދަތުރާ ބެހޭ ގޮތުން އާންމުންކޮށް އެނގެން ޖެހޭ ވާހަކަތަކަކީ މިއީ އެވެ. އެހެންނަމަވެސް، ދެ ގައުމު ގުޅިގެން -- އެއްގައުމު އަނެއް ގައުމުގައި ކުރަން ހުރި އިންވެސްޓްމަންޓްތައް ވެސް އެބަހުއްޓެވެ.

އިންޑިއާ އަކީ ތެލަށް ވަރަށް ބޮޑަށް ބަރޯސާކުރާ ގައުމަކަށް ވާތީ ރަޝިއާ އާއި މެދުއިރުމަތިން ތެހޮ ކަށަވަރުކޮށްފައި ބެހެއްޓުމަކީ ވެސް އިންޑިއާ ގެންގުޅޭ ދެމެހެއްޓިނިވި އަދި ބިނާކުރަނިވި ވިސްނުމެކެެވެ.

އިންޑިއާގައި ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ ޖާގަ އިތުރުކުރުމާއި އިންޑިއާއިން ތެޔޮ އެކްސްޕޯޓް ކުރުމަކީ ވެސް ސަރަހައްދީ ގައުމުތަކަށް އޮތް އުފާވެރި ޚަބަރެކެވެ.

ބެލެވޭ ގޮތުގައި ދެ ވަޒީރުގެ ބައްދަލުވުމުގައި މިފަދަ މައުލޫތަކަށް ވެސް އަލިއަޅުއްވާ ލައްވާނެ އެވެ.