ޔުކްރޭން ހަނގުރާމަ އަކީ އެމެރިކާ ކުރުވާ ހަނގުރާމަ އެކެވެ. ޣައްޒާ ހަނގުރާމަ އަކީ ވެސް އެމެރިކާ ކުރުވާ ހަނގުރާމަ އެކެވެ.
ނޭޓޯ ސިފައިން ޔުކްރޭންގައި މަރުކަޒުކޮށްގެން ތިބުމަކީ ރަޝިއާގެ ސަލާމަތަށް ނުރައްކަލަކަށް ވާނެ ކަމަށް ރަޝިއާ ބުނެ އާދޭސް ކުރިއިރުވެސް އެމެރިކާއިން އެކަން ހުއްޓައެއް ނުލި އެވެ.
އެމެރިކާ ބޭނުންވީ ރަޝިއާއާ ޔުކްރޭން ހަނގުރާމައެއް ކުރުވުމެވެ.
ރަޝިއާއާ ދެކޮޅު ހަނގުރާމައެއް ފެއްޓުމުގެ ބޭނުމަކީ ރަޝިއާއިން ޔޫރަޕަށް ސަޕްލައިކުރާ ތެލުގެ ކޮންޓްރޯލް އެމެރިކާ ހޯދުމެވެ.
މިކަން ކުރުމަށްޓަކައި ރަޝިއާއާއި ޔުކްރޭން ހަނގުރާމަ ފައްޓުވައި -- ރަޝިއާއިން ޖަރުމަނަށް އަޅާފައި އޮންނަ ނޯޑް ސްޓްރީމް ތެޔޮހޮޅި ގޮއްވާލަން އޮތީ އެޖެންޑާ ކޮށްފަ އެވެ.
ރަޝިއާ - ޔުކްރޭން ހަނގުރާމަ އެންމެ ނުރައްކާވި ވަގުތު އެމެރިކާ އިން ވަނީ ނޯޑް ސްޓީމް ތެޔޮހޮޅިތައް ގޮއްވާލާފަ އެވެ.
ޔޫރަޕަށް ބޭނުންވާ ތެލުގެ ބޮޑުބައި މިހާރު ސަޕްލައިކުރަނީ -- ރަޝިއާއިން ސަޕްލައިކުރި އަގަށް ވުރެ ބޮޑު އަގުގައި -- އެމެރިކާއިންނެވެ.
ޣައްޒާ ހަނގުރާމަ އަކީ ވެސް އެމެރިކާ އަޑީގައި އޮވެގެން ކަމެއް ހާސިލުކުރުވަން ކުރުވާ ހަނގުރާމަ އެކެވެ.
އެމެރިކާއިން ހާސިލުކުރަން ބޭނުންވާ އަމާޒަށް ވާސިލުވާއިރު ފަލަސްތީނެއް ނޯންނާނެ އެވެ. އަނެއްކޮޅުން ޗައިނާ އިސްވެ އުފައްދާފައި އޮތް "ބްރިކްސް" ޖަމާއަތް އޮންނާނީ ރޫޅިފަ އެވެ.
ދުނިޔޭގެ ތެލުގެ މާކެޓް ކޮންޓްރޯލް ކުރުމުގައި އޯޕެކް ގައުމުތަކުގެ ނުފޫޒު ވަރުގަދަ އެވެ. ތެޔޮ ގަތުމަށް ޑޮލަރު ހޯދުމުގެ ބަދަލުގައި، އޯޕެކަށް ތާއީދުކުރެވޭ ކޮންމެވެސް އެހެން ފައިސާއެއް ބޭނުންކުރަން ފަށައިފިނަމަ އެމެރިކާގެ އިގުތިސާދަށް ގުޑުން އަރާނެ އެވެ.
ޗައިނާއާއި ރަޝިއާ ބައިވެރިވުން އޮތް ބްރިކްސް ޖަމާއަތުގެ މައިގަނޑު އެއް އަމާޒަކީ ވެސް ޑޮލަރު ދޫކޮށްލުމެވެ. ބްރިކްސް މެމްބަރު ގައުމުތަކުން ކުރާ ވިޔަފާރީގައި -- އެ ގައުމުތަކަށް އެއްބަސްވެވޭ ފައިސާއެއް ބޭނުންކުރުމެވެ.
ޗައިނާއާ ރަޝިއާއާ ދެމެދު މިހާރު ކުރެވޭ ވިޔަފާރީގައި ޑޮލަރުގެ ބަދަލުގައި ބޭނުންކުރަނީ ޔެން އާއި ރޫބެލް އެވެ.
ޔުނައިޑެޓް އަރަބް އެމިރޭޓްސް އިން މިހާރު ވަނީ ތެލުގެ ވިޔަފާރީގައި ޑޮަލަރު ބޭނުންކުރުން ކޮންޓްރޯލްކޮށް ހުއްޓާލަން އަމާޒުހިފާފަ އެވެ.
އެމެރިކާގެ އިގުތިސާދަށް މިފަދަ މުއާމާލާތްތަކުން ކޮށްފާނެ އަސަރު ކުޑަކުރުމަށް ބްރިކްސް ރޫޅާލުމަކީ އެމެރިކާ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ބްރިކްސް ރޫޅާލެވެން އޮތީ އެ ޖަމާއަތުގައި ހިމެނޭ ގައުމުތަކުގެ ޝައުގުވެރިކަމަށް އަރައިގަނެ ހަލަބޮލިކޮށްލައި ގެންނެވެ.
ފަލަސްތީން މައްސަލަ އަކީ ބްރިކްސްގައި ނަގާކިޔާ ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝައުގުވެރިން ބޮޑު މައުލޫއެކެވެ.