ސައޫދީ އަރަބިއްޔާ ބްރިކްސް ޖަމާއަތުގައި ރަސްމީކޮށް ބައިވެރިވެ އެކަން މުޅި ގައުމަށާއި ދުނިޔެއަށް އިއުލާންކޮށްފި އެވެ.
ބްރިކްސް ޖަމާއަތުން ގަބޫލުކުރާ ގޮތުގައި އެ ޖަމާއަތުގައި ސައޫދީ އަރަބިއްޔާ ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ބްރިކްސް ދަމަހައްޓައި ކުރިއެރުވުމަށް ސައޫދީ ކަހަލަ ބާރުގަދަ ގައުމުތައް މުހިއްމު ކަމަށްވެސް އެ ޖަމާއަތުން ދެކެ އެވެ.
ބްރެޒިލް އާއި ރަޝިއާ، އިންޑިއާ ޗައިނާ އަދި ސައުތު އެފްރިކާ އިސްވެ އުފައްދާފައި އޮތް ބްރިކްސް ޖަމާއަތަކީ ދުނިޔޭގެ އިގުތިސާދު ހުޅަނގަށް ބަރޯސާކުރާ ކުރުމުގެ ބަދަލުގައި -- ގައުމުތަކަށް އިގުތިސާދީ އެހެން ފުރުސަތުތަކެއް ހޯދައިދިނުމަށް އުފެއްދި ޖަމާއަތެވެ.
އެމެރިކާއާ ހުޅަނގުން ފަޚުރުވެރިވާ "ޖީ ސެވަން" -- ގައުމުތަކެއް ގޮތުގައި ހަރަކާތްތެރިވާ އިގުތިސާދީ މި ބާރުވެރިކަމުގެ މައްޗަށް މުޅި ދުނިޔެ ލެނބިގެން ދިޔަ ނުދިނުމަށް ބްރިކްސް ވަރަށް ބޮޑަށް ބާރުއަޅާނެ އެވެ.
ބްރިކްސް ޖަމާއަތުން ކުރަން ރާވާފައި އޮތް އަދި ކޮންމެހެން ވެސް ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި -- އެމެރިކާ ޑޮލަރަށް ދުނިޔެ ބަރޯސާކުރުން ހުއްޓުވުން ހިމެނެ އެވެ.
އެމެރިކާ ޑޮލަރަކީ އެ ގައުމުގެ އިގުތިސާދަށް ފައިސާ ވައްދައިދޭ ހަތިޔާރަކަށް އޮންނަނީ ވެފަ އެވެ. އަނެއްކޮޅުން އެމެރިކާ ޑޮލަރާ ނުލައި އިގުތިސާދު ކުރި ނާރާނެ ކަމަށް ބައެއް ގައުމުތަކަށް އޮންނަނީ ހީކުރެވިފަ އެވެ.
ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން ކުރިން ވިދާޅުވި ގޮތުގައި ބްރިކްސްގައި ރަސްމީކޮށް ބައިވެރިވުމުގެ ކުރިން ވަރަށް ބޮޑަށް ދިރާސާކުރައްވާނެ އެވެ. އަދި ސައުދީން އިގުތިސާދީ އުސްމިންތަކަކަށް މިސްރާބު ޖަހާފައި އޮތްއިރު ބްރިކްސް އަކީ އެ އަމާޒަށް ދިއުމަށް ކިހާ ބާރުވެރިކަމެއް ލިއްބައިދޭނެ ބާރެއްތޯވެސް ބައްލަވާނެ އެވެ.
ބްރިކްސް އުފެއްދިއިރު އޮތް ފަސް ގައުމުތެ އިތުރުން މި ޖަމާއަތުގައި މިހާރު ހިމެނޭ ގައުމުތަކަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައޫދީ އަރަބިއްޔާ، އިރާން، އިތިއޯޕިއާ އަދި މިސްރެވެ.
ކުރިން އޮތް ގޮތުން އާޖެންޓިނާ ވެސް އޮތީ ބްރިކްސްގައި ބައިވެެރިވާ ގޮތަށެވެ. ނަމަވެސް އެ ގައުމުގެ ވެރިކަން ބަދަލުވެ އާ ރައީސަކު އައްޔަންކުރެވުމާ އެކު އާޖެންޓިނާ ވަނީ ބްރިކްސްއާ ދުރަށް ދިއުމަށް ނިންމާފަ އެވެ.
އާޖެންޓިނާގެ މި ނިންމުމަކީ ގަބޫލުކުރެވޭ ގޮތުގައި ހުޅަނގުގެ ނުފޫޒާ ހެދި އަނބުރާލި އަނބުރާލުމެކެވެ. އާޖެންޓިނާގެ އާ ސަރުކާރަކީ ހުޅަނގަށް ބަރޯސާކުރާ ސަރުކާރަށް ވުމަކީ ވަރަށް ގާތް ކަމެކެވެ.