އީރާންގެ މަދަދާއެކު ޔަމަނުގައި ވަކި ސަރުކާރެއް އުފައްދަން ހަނގުރާމާކުރާ ހޫތީން މިއަހަރު ޖެނުއަރީ 3 ގައި ހިފެހެއްޓި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މުދާއުފުލާ ބޯޓުގައި ތިބ 11 ފަޅުވެރިން ދޫކޮށްލައިފި އެވެ.
އޮމާންގެ އެހީތެރިކަމާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ފަޅުވެރިން ދޫކޮށްލާފައި މިވަނީ ފިތުރު އީދާ ދިމާކޮށް 200 ކުށްވެރިން ދޫކޮށްލާނެ ކަމަށް ހޫތިން އިއުލާންކުރި ފަހުންނެވެ.
ހޫތީން ދޫކޮށްލި މީހުންގެ ތެރޭގައި 2017 ވަނަ އަހަރުގެ ތާރީހެއްގައި ހިފަހައްޓާފައި ތިބި އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނެ އެވެ.
ޔަމަނުގެ ހުޅަނގު އައްސޭރި ފަށުން މުދާ އުފުލާ ބޯޓެއް ހޫތީން ޖަހައިގަނެ ވަނީ އެމީހުންގެ ބާރުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. ބޯޓުގައި ތިބި 11 ފަޅުވެރިންގެ ތެރޭގައި އިންޑިއާ ހަތް މީހަކު ވެސް ހިމެނެ އެވެ.
ބޯޓުގައި ތިބި އިންޑިއާ ހަތް މީހުން ދޫކޮށް އިންޑިއާ ސަރުކާރުން ހޫތީން އޮތީ ގޮވާލާފަ އެވެ. އެހެން ނަމަވެސް އެދެވޭ ޖަވާބެއް އޮތީ ނުލިބި އެވެ.
ހޫތީން ހިފެހެއްޓި ބޯޓަކީ އެމިރޭޓްސް ދިދަޖަހައިގެން ދުއްވާ އުޅަނދެކެވެ. އެމިރޭޓްސްއިން ބުނި ގޮތުން ބޯޓުގައި ހުރީ ސައުދީ އަރަބިއްޔާއިން ޔަމަނުގައި ހިންގާ ހޮސްޕިޓަލްތަކަށް ފޮނުވާ ބޭހާއި ސިއްހީ ސާމާނެވެ.
ހޫތީން ބުނީ ބޯޓުގައި ހުރީ ހަތިޔާރާއި ކަނޑި އާއި ބަޑި ކަމަށެވެ. ބޯޓު ހިފެހެއްޓި ސަބަބެއް ކަމަށް ހޫތީން ބުނީ އެމީހުންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަކަށް ހުއްދަ ނުހޯދައި ވަނުން ކަމަށެވެ.
ހޫތީންނަކީ އިރާނުން ހަތިޔާރާއި ފައިސާ ދީގެން ހިންގާ ބާޣީ ޖަމާއަތެކެވެ. އެޖަމާއަތަށް ދެން އެންމެ ބޮޑަށް އެހީތެރި ވަނީ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުންނެވެ.
ހޫތީންނަށް ޒަމާނީ ހަތިޔާރު ބޭނުންކޮންގެން ތަންތައް ގޮއްވަން ދަސްކޮށްދެނީ ހިޒްބުﷲ ޖަމާއަތުންނެވެ. އީރާނުން ސަޕްލައިކޮށްދޭ ޑްރޯނާއި ރޮކެޓްތައް އުދުއްސަން ދަސްކޮށްދެނީ ވެސް ހިޒްބުﷲ ޖަމާއަތުންނެވެ.