ހިޒްބުﷲ

ހިޒްބުﷲ އާ ގުޅުން އޮންނަ ވިޔަފާރިތަކަށް ދަތިކުރަނީ

ލުބްނާންގައި ހިޒްބުﷲ އާ ގުޅުން އޮންނަ ވިޔަފާރި ކުންފުނިތަކަށާއި ވަކިވަކި ފަރުދުންނަށް ދަތިކުރާނެ ކަމަށް އެމެރިކާ ބުނެފި އެވެ. އެއީ ސަރަހައްދީ މަސްލަހަތު ނަގާލަން ހިޒްބުﷲ ހިންގާ ހަރަކާތްތަކަށް ޚަރަދުކުރާތީ ކަމަށް އެމެރިކާ ބުނެ އެވެ.

ހިޒްބުﷲ އަށް އެހީތެރިވާ ވިޔަފާރި ނެޓްވޯކްތަކުން ލުބްނާން އާއި އީރާގް އަދި ސަރަހައްދުގެ އެހެން ގައުމުތަކުގައި ކުރާ ވިޔަފާރި ބަލައި ފާސްކުރާނެ ކަމަށް ވެސް އެމެރިކާ ބުނެ އެވެ. އެ ކުންފުނިތަކުން ހޯދާ ފައިސާ ދައުރުކުރުވާ ގޮތް ވެސް ބަލާ ހޯދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާ ސްޓޭޓް ޑިޕާޓަމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވި ގޮތުގައި ހިޒްބުﷲ އަށް ޚަރަދުކުރާ ކުންފުނިތަކުންނާޢި ވަކިވަކި ވިޔަފާރިވެރިން ކުރާ ވިޔަފާރިއަކީ ސައްހަ ވިޔަފާރި ގޮތަށް ދައްކަން މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

ނެޑް ޕަރައިސް ވިދާޅުވި ގޮތުގައި މައްސަލަ އަކީ ވިޔަފާރި ކުރުމެއް ނޫނެވެ. އެހެން ނަމަވެސް ހޯދާ ފައިސާ ޓެރަރިސްޓުންނަށް ހޭދަކުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި ހިޒްބުﷲ އަށް ހޭދަކުރާ މީހުން އީރާނަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އަދި އެމީހުން އެކަން ކުރަނީ ވެސް އީރާނުން ހިތްވަރުދީގެން ކަމަށް ވިދާޅުވި އެވެ.

ޔަމަނުގައި ވަކި ސަރުކާރެއް އުފައްދައި މިނިވަން ދައުލަތެއްގެ ސިފަ ޖައްސަން ހަނގުރާމަކުރީ ބާޣީ ހޫތީންނަށް ޚަރަދުކުރަނީ ވެސް ހިޒްބުﷲ އާއީ އީރާނަށް ވާގިވެރިވާ ޝީއީ ވިޔަފާރިތަކުންނެވެ.

އީރާނުން ހޫތީންނަށް ވިސްނައިދީފައި އޮންނަނީ ސައޫދީ އާއި ސުންނީ ދައުލަތްތަކަށް ހަމަލާދީ ބިމާހަމަކޮށްގެން ނޫން ގޮތަކަށް ޝީއީ ގަބޫލުކުރުން ތަކަށް ޖާގަ ތާށިވާނެ ކަމަށެވެ. އަދި ސައުދީއަށް ހަމަލާދީ ކޮންމެވެސް ދުވަހަކުން އެބިމަށް އަރައި ވެރިކަމުގައި ތިބެން ޖެހޭ ބަޔަކީ އީރާންގެ ޝީއީ ވެރިން ކަމަށެވެ.

ގަލްފު ގައުމުތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުން ކަނޑައިގެން ދިއުމުގެ އަސްލަކަށް ވެސް އީރާންވެ އެވެ. އީރާނުން ސްޕޮންސާކޮށްގެން ހިންގާ ޕްރޮކްސީ ބާޣީ ގުރޫޕްތަކުން ރެއާއި ދުވާލު ފޯރިއަށް ތިބެ ސުންނީ ދައުލަތްތަކަށް ޖެއްސުންކުރުން ނޫން ކަމެއް ނުކުރެ އެވެ.