އެމްއޭސީއެލް

ޑިސެބިލިޓީ އެޑްވޮކޭޓް ނެޓްވޯކަށް އެމްއޭސީއެލް

ޔޫއެންޑީޕީން ނުކުޅެދުންތެރިކަން ހުންނަ މީހުނަށް އިސްކަމެއް ދިނުމުގެ ގޮތުން ހިންގާ ޑިސެބިލިޓީ އެޑްވޮކޭޓް ނެޓްވޯކުގައި އެމްއޭސީއެލްއިން ބައިވެރިވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ހާއްސަ ދުވަހާއި ގުޅުވައިގެން، އެ ނެޓްވޯކުގެ ދަށުން އެ ކުންފުނިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ހާއްސަ މަމްދޫބެއް ކަނޑައަޅާފަ އެވެ.

މިކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާ ވިދާޅުވީ އެމްއޭސީއެލްގެ ސިޔާސަތުތައް ބައްޓަން ކޮށްފައި ވާނީ ނުކުޅެދުންތެރިކަން ހުން ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތައް ކަމަށެވެ.

އަދި އެ ކުންފުނިން ޑިސެބިލިޓީ އެޑްވޮކޭޓް ނެޓްވޯކުގައި ބައިވެރިވުމުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުން ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް އެމްއޭސީއެލުން ކަނޑައެޅި ހާއްސަ މަމްދޫބް މުއައްވިޔަތު ވިދާޅުވީ އެމްއޭސީއެލުން އެ ނެޓްވޯކުގައި ބައިވެރިވުމަކީ ކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ކުންފުނިން ކުރާ މަސައްކަތައް ލިބުނު ހިތްވަރެއް ކަމަށެވެ.

އެމްއޭސީއެލްގެ އިތުރުން ސަރުކާރުގެ ހިއްސާ އޮންނަ އެމްޓީސީސީއާއި ވެމްކޯއިން އިން ވެސް ވަނީ މި ނެޓްވޯކްގައި ބައިވެރިވެފަ އެވެ.