ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭއަށް ފްލައިޓް މޫވްމެންޓުގެ އާ ރެކޯޑެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރެކޯޑް އަދަދަކަށް ފްލައިޓް މޫވްމެންޓް ހަދައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި މިމަހުގެ ހަ ވަނަ ދުވަހު ޖުމްލަ 925 އެއާ ޓްރެފިކް މޫވްމެންޓް ހަދާފައިވެ އެވެ.

އޭގެ ތެރޭގައި 672 ސީޕްލޭން މޫވްމެންޓް އާއި 104 އިންޓަނޭޝަނަލް މޫވްމެންޓްގެ އިތުރުން 116 ޑޮމެސްޓިކް މޫވްމެންޓް އަދި ޕްރައިވެޓް ޖެޓްތަކުގެ 33 މޫވްމެންޓް ހިމެނެ އެވެ.

މީގެ ކުރިން އެންމެ ގިނަ މޫވްމެންޓްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 861 މޫވްމެންޓް އެވެ.

އާ އަހަރާ ދިމާކޮށް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާއިރު މިއަހަރުގެ މިހާތަނަށް 50،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.