ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ރާއްޖޭގެ ކޮވިޑް މަރު 252 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއަދު ހެނދުނު 7:10 ގައި މަރުވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 252 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1726 މީހުންނެވެ. މިހާތަނަށް 90،003 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 17 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.