ދިރާގު

ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ދިއްގަރަށް

Dec 5, 2021

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއި، ދިރާގު ޓީވީގެ ހިދުމަތް މ. ދިއްގަރުގައި ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

މި ދެ ހިދުމަތް އިފްތިތާހުކޮށްފައި ވަނީ ދިއްގަރުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާއި އެއްކޮށެވެ. ދިރާގުން ބުނީ ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައި ކުރާ މީހުނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓާ ހިލޭ ލިބޭނެ ކަމަށެވެ.

އެންމެ ހަލުއި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރު ކުރަން މިއީ ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީ ގުޅުމުން ދިއްގަރު ރައްޔިތުންނަށް ޓީވީ އާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ އެވެ.

މީގެ އިތުރުން ދިއްގަރުގައި ދިރާގު ޓީވީއަށް އެޕްލައި ކުރާ މީހުންނަށް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް ވެސް (ޑީކޯޑާ) ވެސް ހިލޭ ލިބޭނެ އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކް އެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީތަކުގެ 80 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 67 ރަށް ހިމެނެ އެވެ.