މޫސުން

ހުވަދު އަތޮޅަށް ޔެލޯ އެލާޓް

Dec 5, 2021

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުމާ ބެހޭ އިދާރާއިން ހުވަދު އަތޮޅުގެ ރަށްތަކަށް ރީނދޫ އެލާޓް ނެރިފި އެވެ.

މެޓުން ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 11:30 އިން މެންދުރު ފަހު 2:00 އަށެވެ.

އެ ވަގުތުތަކުގައި ހުވަދު އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުރުރުރާނެ ކަމަށާއި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވާން މެޓް އޮފީހުން އިލްތިމާސް ކޮށްފައިވާއިރު ދަތުރު ކުރާއިރު ލައިފް ޖެކެޓް އެޅުމަށާއި ކަނޑުދަތުރުފަތުރުގެ އުސޫލަށް އަލަށް ގެނައި އިސްލާހުތަކަށް އަމަލު ކުރަން ވެސް އެދިފައި ވެއެވެ.