ރާއްޖޭގެ އެންމެ ދެކުނުގެ މޫސުން ގޯސްވެ ދެކުނު ތިން އަތޮޅަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ދެންމެ ބުނީ ދެކުނުގެ އައްޑޫ ސިޓީ އާއި ހުވަދޫގެ ދެ ބުރިއަށްވެސް މޫސުން ގޯސްވާނެ ކަމަށެވެ. އެހެން ކަމުން މިރޭ 2:30 ގެ ނިޔަލަށް ގއ އާއި ގދ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މި ވަގުތުތަކުގައި މި ތިން އަތޮޅަށްވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.