މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

Dec 11, 2021

ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.


މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެންމެ ބުނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސް ކަމަށެވެ. އެހެންކަމުން އެ ސަރަހައްދަށް މިއަދު ހަވީރު 4:00 އިން ފެށިގެން މިރޭ 11:00އާ ހަމައަށް މިހާރު ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިވަގުތު ދަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.