ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރެކޯޑް ނަންބަރެއް، އިތުރު 218 މީހަކު ކޮވިޑަށް ޕޮޒިޓިވް

ރާއްޖެއިން އިތުރު 218 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ މި ފަހުން މި ބައްޔަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 93،063 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 20 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 188 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. އަތޮޅުތެރޭގެ ރަށްތަކުން މިއަދު އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ދ. ކުޑަހުވަދޫ އާއި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫގެ އިތުރުން ނ. މާފަރާއި ތ. ވިލުފުށިންނެވެ.

ރިސޯޓްތަކުން 10 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 3،246 ސާމްޕަލް އެވެ.

މިއަދުގެ ޕޮޒިޓިވް ނަންބަރުތައް

  • މާލެ ސަރަހައްދުން؛ 20 މީހުން
  • ދ. ކުޑަހުވަދޫ އިން؛ 26 މީހުން
  • ހއ. ދިއްދޫ އިން؛ 21 މީހުން
  • ހދ. ހަނިމާދޫ އިން؛ 16 މީހުން
  • ނ. މާފަރުން؛ 29 މީހުން
  • ތ. ވިލުފުށިން؛ 27 މީހުން

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،933 މީހުންނެވެ. މިހާތަނަށް 90،861 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 15 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 257 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. މިއަދު މި ބަލީގައި މީހަކު މަރުވީ އައްޑޫ އިންނެވެ.