މޫސުން ގޯސްވެ 15 އަތޮޅަށް މޫސުމީ އިންޒާރު ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މިރޭ 10 ޖެހުމާއި ހަމައަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. މި ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެހެން ކަމުން ދަތުރުކުރުމާއި އާންމު ދިރިއުޅުމުގައިވެސް ސަމާލުވާން ވަނީ އެދިފައެވެ.
މިއީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމުން ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މާލެ ސިޓީއަށްވެސް މޫސުން ގޯސްވެ ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.