ނެޝަނަލް ބޯޓިން އެސޯސިއޭޝަނުން އިންތިޒާމު ކުރާ މޯލްޑިވްސް މެރިން އެކްސްޕޯ އަކީ ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ސިނާއަތާއި ކަނޑާ ގުޅުންހުރި ހިދުމަތްތައް ދޭ ފަރާތްތައް އެއްތަންކޮށްދޭ އެންމެ ބޮޑު އެކްސްޕޯ އެވެ. ރާއްޖެއަކީ 99 ޕަސަންޓް ކަނޑު އޮންނަ ގައުމެއް ކަމުން, މިއީ ކަނޑު އުޅަނދު ގެންގުޅޭ ފަރާތްތަކާއި ކަނޑާއި މޫދުކުޅިވަރާއި މަސްވެރިކަމާ ވެސް ގުޅުންހުރި ފަރާތްތަކުން ޒިޔާރަތްކުރަން ވަރަށް މުހިންމު ފެއާއެކެވެ. ގުޅުންހުރި އެކި ހިދުމަތްތަކާއި އެ ހިދުމަތްތައް ދިނުމުގައި ތައާރަފުކޮށް ގެންގުޅޭ އެންމެ ފަހުގެ އީޖާދުތަކުގެ މައުލޫމާތު ހޯދައި އެތަކެއްޗަށް އަހުލުވެރިވުމަކީ މުހިންމު ކަމެކެވެ.
ބޯޓިން އިންޑަސްޓްރީގެ ބައިވެރިއެއްގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރެންސުން މެރިން އެކްސްޕޯގައި މި އަހަރު ވެސް ބައިވެރިވަނީ އުޅަނދެއް ދުއްވަން ފެށުމުގެ ކުރިން ހޯދަންޖެހޭ މުހިއްމު ތަޅުދަނޑިއަކާ އެކުގަ އެވެ. އެއީ މެރިން ހަލް އިންޝުއަރަންސެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ތަޖުރިބާހުރި އިންޝުއަރަންސް ޕްރޮވައިޑަރުގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރަންސަކީ ބޯޓިން އިންޑަސްޓްރީގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އިންޝުއަރެންސް ޕާޓްނަރެވެ.
އެލައިޑްގެ މެރިން ހަލް އިންޝުއަރަންސްގެ ދަށުން ކަނޑުމަތީގެ ހާދިސާއަކުން އުޅަނދު މުޅިން ހަލާކުވުމުން ބަދަލު ލިބޭ "ޓޯޓަލް ލޮސް އޮންލީ" ޕޮލިސީއާއި, އުޅަނދު މުޅިން ހަލާކު ނުވިޔަސް ގެއްލުމެއް ލިބިއްޖެނަމަ އެކަމަށް ބަދަލު ލިބޭ "ފުލް ކަވާ" ޕޮލިސީ ލިބެން ހުރެ އެވެ. އުޅަނދު ފަރަށް އެރުން ފަދަ ހާދިސާއެއް މެދުވެރިވެއްޖެނަމަ އުޅަނދު ސަލާމަތް ކުރަން ނުވަތަ ސެލްވޭޖު ކުރުމަށް ދާ ހަރަދުތަކަކީ މި ދެ ޕޮލިސީ އިން ވެސް ކަވަރުކޮށްދޭ ހަރަދު ތަކެކެވެ.
އާ ޓެކްނޮލޮޖީއާއި ފަސޭހަތަކަށް ދުނިޔެ ހޭނެމުން ދާއިރު, އެލައިޑްގެ ހިދުމަތްތައް ވެސް މިވަނީ އިނގިލި ކުރިން ހޯދާލެވޭހާ ގާތުގަ އެވެ. އުޅަނދަށް މެރިން ހަލް އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް ދައްކަންޖެހޭ ޕްރީމިއަމްގެ އަންދާޒާއެއް ހޯދާލުމަށްޓަކައި "މައި އެލައިޑް" ޕޯޓަލްގައިވާ "ސްމާޓް ކުއޯޓް" ފީޗާގެ ބޭނުންކުރެވޭނެ އެވެ.
އެލައިޑްގެ މެރިން ހަލް އިންޝުއަރެންސް ނެގުމުން ލިބޭނެ ފައިދާއާއި ރައްކާތެރިކަމާއި އަދި އެހެނިހެން ވެސް މުހިއްމު މައުލޫމާތުތައް, މެރިން އެކްސްޕޯގައި ހުންނަ އެލައިޑް އިންޝުއަރެންސްގެ ސްޓޯލުން ލިބެން ހުންނާނެ އެވެ.
މިއަދަކީ މެރިން އެކްސްޕޯގެ އެންމެ ފަހު ދުވަސް ކަމުން އެލައިޑުގެ ސްޓޯލުން މިއަދު ހާއްސަ ކަންތައްތަކެއް ކުރުމަށް ރާވާފައި ވެއެވެ. އެގޮތުން, އެލައިޑްގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގައިގެން ހޮވޭ ތިން ނަސީބުވެރިއަކަށް އެފަރާތްތަކުގެ މެރިން ހަލް އިންޝުއަރެންސް ޕްލޭނުގެ އަހަރީ ޕްރީމިއަމުން 3,000 ރުފިޔާގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ މިއަދު ކުރިއަށް ދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި, މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 7:30 އިން 10:00 އަށެވެ.