މިނިސްޓްރީ އޮފް އެޑިއުކޭޝަން

ގުރުއާނުގެ އާޔަތްތައް އުނިކުރަން އެންގި ސިޓީ އާންމުވެއްޖެ

Dec 15, 2021
5
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަ ދައްކަވަނީ --
20%
0%
80%

ކުރިއަށް އޮތް 2022-2023 ގެ ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި މިހާރު ހުރި ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ މިނިސްޓްރީން ދޮގުކޮށްފައިވަނިކޮށް އެކަން އަންގާ އެ މިނިސްޓްރީން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ފޮނުވި ސިޓީ އާންމުވެއްޖެ އެވެ.

ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި މިހާރު ހުރި ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ އެކަމާ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ ޖަމިއްޔަތުއްސަލަފުގެ ރައީސް އަބްދުﷲ ބިން ޖަނާބް އެވެ.

އަބްދުﷲ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދިރާސީ އައު އަހަރަށް ގުރޭޑް އެކަކުން ފެށިގެން ބާރައިގެ އިސްލާމާއި ގުރުއާން މުގައްރަރު ޗާޕުކުރާއިރު އެ ފޮތްތަކުގައިވާ ގުރުއާންގެ އާޔަތްތައް އުނިކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގާފައިވާ އެންގުމަކީ ގުރުއާނާއި އިސްލާމުގެ އަހަންމިއްޔަތުކަން ކުޑަކޮށް ދުރު މުސްތަގުބަލެއްގައި އިސްލާމްދީނާއި ދިވެހި ދަރީން ދުރުކޮށް ބީރައްޓެހި ކުރުމުގެ އަމާޒު ހިފުމެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ. އެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ވާހަކަތައް ނޫސްތަކުގައި ރިޕޯޓް ކުރުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.

ނަމަވެސް ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ސޮއިކޮށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބަށް ފޮނުވި ސިޓީއެއް ވަނީ އަބްދުﷲ އާންމުކުރައްވާފައެވެ.

އެ ސިޓީގައި ބުނެފައިވަނީ ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަކުރެވުނު މައްސަލަތައް އިސްލާހު ކުުރުމުގެ މަސައްކަތް ކުރައްވާއިރު ގުރޭޑް އަކުން 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކުރައްވާ އާޔަތް ލިޔުއްވުމުގެ ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަންބަރު ލިޔުއްވާ ޚަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖެއްސުމަށް އެދޭ ކަމަށެވެ.

އަދި 2022-2023 ވަނަ ދިރާސީ އަހަރުގެ ފޮތްތައް ޗާޕުކުރުމަށް އެ މިނިސްޓްރީއަށް ފޮނުވާއިރު އެ ގޮތަށް ބަދަލުކޮށް ފޮނުވުމަށްވެސް ވަނީ އަންގާފައެވެ.

މި ސިޓީ އާންމުކުުރުމާއި ގުޅިގެން ދީނީ އިލްމުވެރިންނާއި އާންމުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވާ އިލްމުވެރިން ކަމަށްވާ ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފް އާއި ޝައިހް އަލީ ޒައިދު ފަދަ ބޭފުޅުން ގެންދަވަނީ އެ ސިޓީގެ ސައްހަކަން ކަށަވަރުކޮށް ދިނުމަށް އެޑިއުކޭޝަންގައި ދަނީ އެދެމުންނެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބަލިމަޑުކަން

ޢަވަހަށް އިސްތިއުފާ ދީ އިސްތިއުފާ ދިނުންނޫން ގޮތެއް ގަބޫލެއް ނުކުރެވޭނެ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

ޒަކަރިއްޔާ

ޤުރުއާން މުޤައްރަރު ހިމެނޭ ފޮތުގައި ސޫރަތްތައް ލިޔެފަ ހުރުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްނޫން. ޤުރުއާން ކިޔަވާނީ މުޞްޙަފުން ކުދިން ލައްވާ. މުޤައްރަރު ފޮތުގައި ހުންނަންޖެހޭނީ ޤރުއާނުގެ ޢިލްމުގެބައި އަދި ތަޖުވީދުގެ ބައި. އޭގައި އާޔަތެއް އަންނަންޏާ އެ އާޔަތެއް ލިޔަންޖެހޭނީ. ނަމަވެސް މުޞްޙަފުގެ ބަދަލުގައި މުޅި ޤުރުއާން މުޤައްރަރު ފޮތުގަ ލިޔުމަކީ ބޭކާރުކަމެއް. ދެންއޮތީ އިސްލާމްފޮތުގެ ވާހަކަ. ފިޤުހު ތައުޙީދުގެ ބައިތައް އަންނައިރު ޙުކުމްތަކާ ގުޅިގެން އާޔަތްތައް އަނަން ކޮންމެ ފަހަރަކު އާޔަތުގެ ނަމްބަރު ބަލާފަ މުޞްޙަފު ޗެކްކުރުމަކީ ވަރަށްބޮޑު އުދަގުލަކަށް ކުދިންނަށްވާނީ. އަނެއްކާ އެއީ އެފަދަ މާއދާތައް ކިޔަވައި ދެވޭނެގޮތެއްވެސް ނޫން. އޭގެ މާނައަކީ އިސްލާމް ފޮތް ކިޔާއިރު އަބަދު ކުއްޖާ އިންނަންޖެހޭނީ މުޞްޙަފު ހުޅުވައިގެން އާޔަތް ހޯދުމުގަ. ކަމެއްކުރާއިރު ސިކުނޑިން ވިސްނާލާފަ ކަންކަން ކުރާނަމަ.

ތިވަރަކުން އަދި ނުނިމޭ

އިހަކަށް ދުވަހު އޮތީ ފުލުހުންދިން ބަޔާނެއްގެ ގޮތުގައި ބުހުތާނު ދޮގު ބަޔާނެއް ނެރެ ފަތުރާފައި، އެހެންވީމައި އެޑިއުކޭޝަނުން މިހައިތަނަށް ވެސް އެކަން ދޮގުކޮށްފައި ވާތީ ތިވަރަކުން އަދި ނުނިމޭނެ އެވެ. ތިއީވެސް ދޮގެއް ކަމަށް ބެލެވެއެވެ.

ބުއްޅާ އައިސާ

އަދިވެސް ހަބޭހަށް ދޮގުހަދާފަ ބަހައްޓާ ، އެރުން އޭސުޓާ ލިބެނެ ޝައިތޯނު އަތުން.

ޗައިނާ

މި ސަރުކާރަކީ ހުރިހާ ގޮތަކުން ބެލިޔަސް ފޭލްވެފަ ހުރި ބައެއް.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910