އެޑްވަޓޯރިއަލް

ޗާންދަލިއާ ބުކްޝޮޕް ކުޅުދުއްފުއްޓަށް

Dec 16, 2021

ހދ. ކުޅުދުއްފުށީގައި ޗާންދަލިއާގެ ބުކްޝޮޕެއް ހުޅުވައިފި އެވެ.

ކުޅުދުއްފުށީގައި މިއަދު ހުޅުވި މި ބުކްޝޮޕުން ޗާންދަލިއާގެ އެންމެ މަގުބޫލު ބްރޭންޑްތަކުގެ ސާމާނު ލިބޭނެ އެވެ. މި ފިހާރައިން ރީޓެއިލްގެ އިތުރުން މުދާ ހޯލްސޭލް ވެސް ކޮށްދޭނެ އެވެ. މީގެ ސަބަބުން އުތުރުގެ ރަށްރަށަށް ވަރަށް ފަސޭހަވެގެން ދާނެ އެވެ.

ޗާންދަލިއާގެ އެންމެ މަގުބޫލު ބްރޭންޑްތަކުގެ ތެރޭގައި ކެމްޕަޕް، މޭޕަޕް، ފާތިހް، އާޓްލައިން، ކެންގަރޫ، ކޮމިކްސް، ފެބަ-ކާސްލް އަދި ކްލެރޯ ހިމެނެ އެވެ. މީގެ އިތުރުން ދިވެއްސާއި އިނގިރޭސި ވާހަކަފޮތްތައް ވެސް ޗާންދަލިއާ ބުކްޝޮޕުން ލިބެން ހުރެ އެވެ.

މީގެ ތެރެއިން ކެމްޕަޕް، ކެންގަރޫ، އާޓްލައިން، ފެބަ-ކާސްލް ފަދަ ބްރޭންޑްތަކަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި މަގްބޫލު ބްރޭޑްތަކެކެވެ. އެގޮތުން ގަލަން، ފަންސުރު އަދި މޮނީޓަރު ފޮތްފަދަ އެއްޗެހީގެ ތެރެއިން ސްކޫލް ކުދިން އެންމެ ގަޔާވަނީ މި ބްރޭންޑްތަކުގެ ތަކެތިކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ޗާންދިލިއާއިން ލިބެން ހުރި ބައެއް ބްރޭންޑްތަކަކީ ދިވެހިންގެ ތެރޭގައި އާ ބްރޭންޑްތަކެކެވެ. އޭގެ ތެރޭގައި ކްލެރޯ އަދި ފާތިހް ބްރޭންޑް ފާހަގަކޮށްލެވެ އެވެ. ކްލެރޯ ބްރޭންޑްގެ ގަލަމަކީ ލިޔަން ފަސޭހަ އަދި ވަރަށް އަވަހަށް ސްކޫލްކުދިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެއް ކަމަށް ޗާންދަލިއާ އިން ވަނީ ފާހަގަކޮށްފަ އެވެ.

ފާތިހް ބްރޭންޑްގެ ސްކޫލް ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީސް ވެސް ހިމެނެ އެވެ. އެގޮތުން މި ބްރޭންޑްތަކުން ފަންސުރު، ފިބާ، ކްލޭ ފަދަ ހުރިހާ ސާމާނެއް ލިބެން ހުންނަ ކަމަށް އެ ބުކްޝޮޕުން ވަނީ ފާހަގަކޮށްފަ އެވެ.

ޗާންދަލިއާ ބުކްޝޮޕުން ލިބޭ އިތުރު ސާމާނުތަކުގެ ތެރޭގައި ކުޑަކުދިންގެ އެކިކަހަލަ ގޭމްތަކާއި، އޮފީސް ސްޓޭޝަނަރީ، އެކި ވައްތަރުގެ ކަރުދާހުގެ އިތުރުން އާޓް އެންޑް ކްރާފްޓަށް ބޭނުންވާ ތަފާތު އެކި ވައްތަރުގެ ސާމާނު ލިބެން ހުރެ އެވެ.

ކުޅުދުއްފުށީގައި ޗާންދަލިއާގެ އާ ބުކްޝޮޕެއް ހުޅުވިއިރު، އުތުރުގެ އެހެން އަތޮޅެއްގައި އިތުރު ބުކްޝޮޕެއް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. އެތަނުން ވެސް ހޯލްސޭލް މުދާ ލިބޭނެ ކަމަށް ޗާންދަލިއާ އިން ބުނެ އެވެ. ރާއްޖޭގެ ދެކުނުން، އައްޑޫ ސިޓީގައި ޗާންދަލިއާގެ ދެ ބުކްޝޮޕް ހުރެ އެވެ. އެތަންތަނުން ވެސް ހޯލްސޭލްކޮށް މުދާ ވިއްކަ އެވެ. އަދި މާލޭގައި ވެސް ޗާންދަލިއާގެ ދެ ފިހާރަ ހުރެ އެވެ.

ޗާންދަލިއާ އަކީ މުޅި ރާއްޖޭގައި ގިނަ ބައެއްގެ މަގުބޫލުކަމާއި އިތުބާރު ހޯދާފައިވާ ބުކްޝޮޕެކެވެ.