މޯލްޑިވްސް ޕޮލިސް ސާވިސް

މީހަކަށް ހަމަލާދީފި، މުޅިތަނުގައި ލޭ

Dec 17, 2021

މާލޭގައި ޒުވާނަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

މާލޭގެ މެހެލިގޯޅި ތެރޭގައި މިއަދު ހެނދުނު މާރާމާރީ ހިންގުމަށްފަހު މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓް ހެނދުނު 8:20 ހާއިރު ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ އަށް އޭޑީކޭގައި ފަރުވާ ދެމުންދާއިރު ހާލު ސީރިއަސް ކަމަށް އެނގިފައިވެ އެވެ.

ޒަހަމްވި މީހާ ހުރި ސަރަހައްދު ކަމަށް ބުނާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އޭނާ ހުރި ތަނުގައި ލޭގެ ކޯރެއް އުފެދިފައިވެ އެވެ.

ހަމަލާއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.