ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ތުލުސްދޫއަށް ވަޑައިގެންފި

Dec 17, 2021

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކ. ތުލުސްދޫއަށް ވަޑައިގެންފި އެވެ. މިއީ އިއްޔެ އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ ރަށެވެ. އިއްޔެ ވަޑައިގެންފައިވަނީ ކ. ގުރައިދޫ އަށެވެ.

ރައީސް ޔާމީން ތުލުސްދޫއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ތުލުސްދޫ އަށް ރައީސް ޔާމީން ކުރައްވާ މި ދަތުރުުފުޅުގައި އެ ދެ ރަށުގެ ރައްޔިތުންނާ އެކު ވަގުތު ހޭދަކުރައްވާ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި މައްސަލަތައް ބައްލަވައި އޮޅުންފިލުއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ސަޕޯޓަރުން ބާއްވާ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެގޮތުން އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލައި އެ ރަށުގައި ކުރިއަށްދާ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެމަނިކުފާނު ތުލުސްދޫ އަށް ފައިބައިވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވީ ވެސް "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެކެވެ.