އެޑްވަޓޯރިއަލް

އެލީޓް މެޑިކަލް ސެންޓަރު: ފެންވަރު ރަގަޅު އަގުހެޔޮ ހިދުމަތް ލިބޭނެ

ޑޮކްޓަރީ އެކި ހިދުމަތްތައް އަގުހެޔޮކޮށް، އެލީޓް މެޑިކަލް ސެންޓަރު (އެމްސީ) އިން ިމިހާރު ލިބެން ހުންނާނެ އެވެ. އެ ސެންޓަރު ހުންނަނީ ދިލްބަހާރު މަގު، މއ. ބޮއިގޭގަ އެވެ.

އެލީޓް މެޑިކަލް ސެންޓަރުން ވަރަށް އަގު ހެޔޮކޮށް ވޯކްވިސާ މެޑިކަލް ވެސް ހައްދައިދެ އެވެ. މެޑިކަލް ހައްދައިދެނީ 395 ރުފިޔާ އަށެވެ. ރާއްޖޭގައި މެޑިކަލް އެންމެ އަގުހެޔޮކޮށް އެންމެ އަވަހަށް ހައްދައިދޭ ތަނަކަށް އެތަން ވާނެ ކަމަށް ކްލިނިކުން ބުނެ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ ބަލިތަކާއި، ކަށީގެ ބަލިތަކާއި، އަންހެނުންނަށް ދިމާވާ ބަލިތަކުގެ އިތުރުން އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ކްލިނިކުގައި ހިދުމަތްދެ އެވެ. އަދި ލެބޯޓަރީގެ ހިދުމަތާއި އެކްސްރޭ އާއި ސްކޭން ކުރުމުގެ ހިދުމަތް ވެސް ދެއެވެ.

ޑެންޓަލް ހިދުމަތްތަކާއި، އިންޕާޓިލިޓީގެ މައްސަލަތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ކްލިނިކުން މިއަދު ބުނެފައިވެ އެވެ.

އެލީޓް މެޑިކަލް ސެންޓަރުގެ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ ވިދާޅުވީ އެ ސެންޓަރުގެ އަމާޒަކީ ރައްޔިތުންނަށް އަގުބޮޑުކޮށް ލިބޭ ޑޮކްޓަރީ ހިދުމަތްތައް އަގު ހެޔޮކޮށްދޭ މެޑިކަލް ސެންޓަރަކަށް އެތަން ހެދުން ކަަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒު ހާސިލްވާއިރު ރާއްޖޭގައި ޕްރައިވެޓް ކްލިނިކަކުން އެންމެ ރަނގަޅަށް އަގުހެޔޮކޮށް ސާވިސް ލިބޭ ތަނަކަށް މި ތަން ވެގެން ދާނެ. އޭރުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ވެސް ލުއި ލިބިގެން ދާނެ." ސައުދީ ވިދާޅުވި އެވެ.

މީގެ އިތުރުން ސައުދީ ވިދާޅުވީ ކޮވިޑާއި ގުޅިގެން ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދައްކަން މާލެއަށް ނާދެވިފައި ތިބޭ މީހުންނަށް އޮންލައިންކޮށް އަދި ރަށްރަށަށް ގޮސްގެން ވެސް އެ ހިދުމަތްތައް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެލީޓް މެޑިކަލް ސެންޓަރުގައި މަސައްކަތްކުރާ ގިނަ ޑޮކްޓަރުންނަކީ ވިޒިޓް އަވާޒްގެ އުސޫލުން މަސައްކަތްކުރާ ފަރާތްތަކެކެވެ. ކްލިނިކުގެ އަމިއްލަ ޑޮކްޓަރުންގެ ގޮތުގައި ފަސް ޑޮކްޓަރަކު މަސައްކަތް ކުރެ އެވެ.

އެ މެޑިކަލް ސެންޓަރުންދޭ ހިދުމަތްތައް އާސަންދައިގެ ތެރެއިން ކަވާ ކުރާނެ އެވެ. އަދި އޭގެ އިތުރުން ނަގާ ޗާޖު، ރާއްޖޭގެ އެހެން ކްލިނިކްތަކަށް ވުރެ އަގު ހެޔޮވާނެ އެވެ.