ތިމަރަފުށި

ތިމަރަފުށީ އަންހެން މީހާ ހައްުޔަރު ކޮށްފި

މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ތަކެއްޗަށް ގެއްލުންދިނުމުގެ މައްސަލަތަކުގައި މިފަހުން ސަމާލުކަން ހޯދާފައިވާ ތ. ތިމަރަފުށީގެ އަންހެންމީހާ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ހައްޔަރުކުރީ މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ދަންވަރު ތިމަރަފުށީ ގެސްޓްހައުސް އަކަށް ވަދެ އެތަނުގެ ބައެއް ތަކެއްޗަށް ގެއްލުން ދީގެނެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރަށް ނެގީ އިއްޔެ އެވެ.

އޭގެ ފަހުން ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

އެ އަންހެން މީހާ މީހުނާ މިހާތަބު ކުރުމުހައި ހުތުރު ބަސްތައް ބޭނުން ކުރުމާއި އިސްލާމް ދީނަށް ފުރައްސާރަކޮށް މާތްﷲ އާއި މާތް ނަބިއްޔާއަށް ހުތުރު ބަސްތަކުން މުހާތަބު ކުރާ ކަމަށް ވެއެވެ. އެކަމަކު އެ މައްސަލައާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.