ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެއް އިދާރާއަކުން ހުރިހާ ހިދުމަތެއް ލިބޭ ގޮތް ހަދަނީ

Dec 22, 2021

ނެޝަނަލް ވަން ސްޓޮޕް ސާވިސްގެ ހިދުމަތް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ނެޝަނަލް ވަން ސްޓޮޕް ސާވިސް އަކީ ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.

މި ހިދުމަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ރައީސް ސޯލިހަށް ލަފާ ދެއްވީ މިއަދު -- އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖލީހަށް އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު އެވެ.

އެއްފުރާޅެއްގެ ދަށުން ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ލިބޭ ގޮތް ހެދުމަކީ ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތް ކޮށްފައިވާ ކަމެކެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން އަދި ހަމަޖެއްސިފައެއް ނުވެ އެވެ.