ބޮލީވުޑް

ސަލްމާނަކީ އަހަރެންގެ ބޭބެއެއް ކަހަލަ މީހެއް: ޝާހުރުކް

Dec 14, 2015
2

ސުޕަސްޓާ ޝާހްރުކް ޚާނާއި ސަލްމާން ޚާންއާ ދެމެދު އޮތް ޒަމާންވީ ރުޅިވެރިކަން އެއްފަރާތްކުރުމަށްފަހު މިދެތަރިން ގާތް މިތުރުންނަށްވެ، އެކަކު އަނެކަކަށް އަންނަނީ ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ.

މިދެތަރިންގެ އެކުވެރިކަން ބަދަހިވުމުގެ އިތުރަށް އެކަކު އަނެކަކުގެ ފިލްމު ވެސް ޕްރޮމޯޓްކުރުމަށް އަންނަނީ އެހީތެރިވަމުންނެވެ.

އަލުން މިދެތަރިންގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެ، ދެމީހުންވެސް އެކަކު އަނެކަކު އެންމެ ގާތްއެކުވެރިޔާއަށް ވެފއިވާިރު، ޝާހްރުކް ވަނީ ސަލްމާން ފަދަ ގާތް އެކުވެރިއެއް ހުންނައިރު، އެއްބަނޑު އެއްބަފާ ބޭބެ އެއް ހުރުމުގެ ބޭނުންމެއް ނެތް ކަމަށެވެ.

ޓްވިޓާގައި ޝާހްރުކްގެ ފޭނުންނާއެކު ކުރިއަށް ދިޔަ، ޗެޓް ސެޝަންއެއްގައި އޭނާކުރެން ހަގީގީ ދިރިއުޅުމުގައި ބޭބެއެއް ހުންނަ ބޭނުންވޭތޯ އެހުމުންވަނީ އޭނާގެ ދެފިރިހެން ދަރިން ކަމަށްވާ އާރްޔަން އާއި އަބްރަހަމް އަކީ އޭނާގެ އެންމެ ގާތްއެކުވެރިން އަދި އޭނާގެ ބޭބެމެންގެ ގޮތުގައި ދެކޭ މީހުންކަމަށެވެ. އަދި އަބަދުވެސް ބޭބެއެއްގެ ގޮތުގައި ސަލްމާން އޭނާގެ ކައިރީގައ ހުންނާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މިދެތަރިންގެ ދެމެދުގައި އޮތް ރުޅިވެރިކަން އެއްފަރާތްކުރުމަށްފަހު ގާތްއެކުވެރިންނަށް ވިތާ އަދި މިވީ މަދު ދުވަސްކޮޅެއް ނަމަވެސް މިއަހަރުގެ މެއި މަހު ސަލްމާންގެ އެކްސިޑެންޓް މައްސަލައިގައި ކުށްވެރިވާ ކަމަށް ނިންމައި ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުން ޝާހްރުކް ވަނީ ސަލްމާނާ ބައްދަލުކުރުމަށް އޭނާގެ ގެއަށް ގޮސްފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ސަލްމާންގެ މައްޗަށް ދަށުކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކުރުމުން ވަނީ ސަލްމާނަށްޓަކައ އޭނާ އުފާކުރާ ކަމަށް ވެސް ބުނެފަ އެވެ.

މިހުކުރު ދުވަހު ރިލީޒްކުރާ ޝާހްރުކްގެ "ދިލްވާލޭ" ސަލްމާން ހުށަހަޅައިދޭ "ބިގް ބޮސް 9" ގައި ވެސް ޝާހްރުކް ވަނީ ޕްރޮމޯޓްކޮށްފަ އެވެ.
މިއީ މިދެތަރިންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވި ފަހުން އެކުގައ ސްޓޭޖެއްގެ މަތިން ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.