ވިޔަފާރި

ދިރާގުން އިންޓަނެޓް ގުޅައި ދިނުން ހިލޭ ކޮށްލައިފި

Dec 14, 2015
2
  • އިންޓަނެޓު ގުޅައި ދިނުމުގެ އަގު ހެޔޮ ކުރީ ޕްރޮމޯޝަނެއްގެ ގޮތުގައި
  • މި ޕްރޮމޯޝަން ކުރިއަށް ދަނީ މިމަހުގެ ނިޔަލަށް
  • ދިރާގުން ދަނީ އިންޓަނެޓުގެ ހިދުމަތް ރަނގަޅު ކުރަމުން

ދިރާގުން އިންޓަނެޓު ގުޅައި ދިނުމުގެ އަގު ހިލޭކޮށްލައި، ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ނެޓްވޯކް ދިރާގުން ބުނީ މިހާރު ފަށާފައިވާ "ފްރީ ކަނެކްޝަން ޕްރޮމޯޝަން" ގެ ދަށުން ފިކްސްޑް ލައިން އިންޓަނެޓު ގުޅައި ދިނުމަށް ކުރިން ނަގަމުން އައި ފީ ނުނަގާނެ ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެފައިވެ އެވެ. އެއާ އެކު އިންޓަނެޓް ގުޅައި ދިނުމުގެ ހިދުމަތް ހިލޭވީ އެވެ. 

މި ޕްރޮމޯޝަން ފަށާފައި މި ވަނީ ދިރާގުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަލުވި އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ދިރާގުން ދަނީ އިންޓަނެޓުގެ ހިދުމަތައް ބޮޑު ބަދަލެއް ގެންނަމުންނެވެ. އެގޮތުން ގޭގައި ބޭނުންކުރުމަށް ހާއްސަ އިންޓަނެޓު ޕެކޭޖު ތަކެއް ތައާރަފު ކުރުމުގެ އިތުރުން އިންޓަނެޓް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށް، އަގުތަކަށްވެސް ހެޔޮ ބަދަލުތަކެއް މިފަހުން ގެނެސްފައިވެ އެވެ.

އެ ކުންފުނިން ދާދިފަހުން ވަނީ މުޅިރާއްޖެއަށް ތްރީޖީ ޕްލަސްގެ ހިދުމަތް ދީފަ އެވެ. މިއީ ދުނިޔޭގެ މަގު ގައުމެއްގައި ވާސިލްވެފައިވާ ލަނޑުދަނޑި އެކެވެ.