ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކައިވެނި ބައްލަވައިގެންފި އެވެ.
މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި މަބްރޫކް ކައިވެނި ބައްލަވައިގަތީ ތައިލެންޑް މީހަކާ ކަމަށް އެނގިފައިވެ އެވެ.
ކައިވެންޏާ ގުޅޭ ގޮތުން މަބްރޫކް ވާހަކަދައްކަވަން ބޭނުން ނުވާތީ އެކަމުގެ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
މަބްރޫކް މަޝްހޫރު ވެގެން ދިޔައީ ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްވި ދުވަސްވަރު މިދިޔަ އަހަރު ގަވައިދުން ނޫސްވެރިންނާ ބައްދަލުކުރައްވާ ހިއްސާކުރެއްވި މައުލޫމާތުތަކާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފަހުން ވަނީ އެ އޮފީހުގެ ތަރުޖަމާނެއްގެ ޒިންމާ މަބްރޫކާ ހަވާލުކުރައްވާފަ އެވެ.