އާސަންދަ

އާސަންދައިގެ މޯބައިލް އެޕްލިކޭޝަނެއް

ހޮސްޕިޓަލަކުން އާސަންދަ ހިދުމަތް ލިބޭ ކަން އަންގައިދޭ ބޯޑެއްް: އާސަންދައިން މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި -- ފޮޓޯ: އަވަސް
0%
0%
0%

އާސަންދައިން ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލް ބެލޭނެ އެޕެއް އާސަންދަ ކުންފުނިން ތައާރަފްކޮށްފި އެވެ.

އާސަންދަ މޯބައިލް އެޕްލިކޭޝަނުން އެމީހަކު އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ހިދުމަތުގެ ތަފްސީލް، ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލޭނެ އެވެ.

އެޕްލިކޭޝަނަށް ރެޖިސްޓްރީވުމުން، ހިދުމަތްތަކުގެ ތަފްސީލް ފެންނާނެއެވެ. އަދި ބޭސް ސިޓީތަކުގެ ތަފްސީލްތަކާއި ހިދުމަތްތަކަށް ހަރަދުވާ މިންވަރުވެސް އެނގޭނެ އެވެ.

އާސަންދައިން ބުނީ "އާސަންދަ" އެޕްލިކޭޝަން ތައްޔާރުކޮށްފައިވަނީ ހިދުމަތްތައް ވީހާވެސް ދެފުށްފެންނާނެހެން، ދިނުމަށް ކަމަށެވެ. އަދި ޝައްކު ކުރެވޭފަދަ ޓްރާންސްސެކްޝަނެއް ހިންގާފައިވާނަމަ، އެކަމުގެ ޝަކުވާ އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެކަމަށެވެ.

އާސަންދައިން ވަނީ ހިދުމަތެއް ހޯދުމުން ފޯނަށް ނޮޓިފިކޭޝަން އަންނަ ފީޗާ އެއްވެސް ތައާރަފްކޮށްފައެވެ. އާސަންދައިން ހޯދި ހިދުމަތާ، ހޯދި ތަނާއި ހަރަދުވި އަދަދުގެ ތަފްސީލް މެސެޖުން އެނގޭނެ ކަމަށް އާސަންދައިން ބުނެ އެވެ. މެސެޖް ލިބޭނީ އާސަންދަ ހިދުމަތުގައި ރެޖިސްޓްރީކޮށްފައިވާ ފޯން ނަންބަރަށެވެ.

މީގެ އިތުރުން އާސަންދައިން ވަނީ ޔޫޓިއުބް ޗެނަލްވެސް ލޯންޗްކޮށްފައެވެ. އެއީ އާސަންދައިގެ ހިދުމަތްތަކާ ގުޅޭ މަޢުލޫމާތު ވީހާވެސް ފަސޭހައިން އާއްމުންނަށް ލިބޭނެގޮތް ހަމަޖެއްސުމަށް ހެދި ޗެނަލެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910