އާސަންދަ

އީވް ކްލިނިކުން އަނެއްކާވެސް އާސަންދަ ހިދުމަތް ދެނީ

ގަޑިބުރު ކައިރީގައި ހުންނަ އީވް ކްލިނިކް
0%
0%
0%

އަމިއްލަ ފަރާތަކުން ހިންގާ ކްލިނިކެއް ކަމަށްވާ އީވް ކްލިނިކުން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލުމަށްފަހު އަނެއްކާވެސް އެ ހިދުމަތް ދޭން ފަށައިފި އެވެ.

އީވް ކްލިނިކުން އާސަންދަ ހިދުމަތް މިފަހުން މެދުކަނޑާލިއިރު މީގެކުރިން 2015 ވަނަ އަހަރުވެސް ދިމާވި މައްސަލައަކާ ގުޅިގެން އާސަންދަ ހިދުމަތް މެދުކަނޑާލި އެވެ.

އެކަމަކު އާސަންދައިގެ ދަށުން މިހާރު ހިދުމަތް ލިބޭނެ ކަމަށް އީވް ކްލިނިކުން ބުނެ އެވެ.

އާސަންދައިގެ ހިދުމަތް އަލުން ދޭން ފަށާފައިވާއިރު، އީވް ކްލިނިކްގެ ވިންގެއް ކުރީގެ ވެސްޓްޕާކް ހިންގި ސަރަހައްދުގައި ހުރި އިމާރާތެއްގައި ހުޅުވުމަށްވެސް މިހާރު ވަނީ ތައްޔާރުވެފަ އެވެ. އެ ކްލިނިކް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

ވެސްޓް ޕާކް ކައިރީގައި ހަދާފައިވާ ކްލިނިކް ހުޅުވާ ދުވަހު އެތަނުން ފިޒިއޯތެރަޕީއާއި ކުޅިވަރު ކުޅުމުގެ ތެރެއިން ލިބޭ އަނިޔާތަކަށް ހިލޭ ކޮންސަލްޓް ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 5:00 އަށް ހިލޭ ކޮންސަލްޓް ކުރެވޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910