އެމްއެންޑީއެފް

ސިއްހީ ކުއްލި މައްސަލައެއް ދިމާވި މަސްވެރިޔަކު ތިނަދޫއަށް ގެންގޮސްފި

Dec 25, 2021

ކަނޑުމަތީގައި ހުރި މަސްވެރިޔަކަށް ދިމާވި ސިއްހީ ކުއްލި މައްސަލައެއްގައި ސިފައިން އެހީތެރިވެއްޖެ އެެވެ.

ސިފައިން މިއަދު އެހީތެރިކަން ފޯރުކޮށްދީފައިވަނީ "ކަޅިރަވަ" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއަކަށެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ އެހީތެރިކަމަށް އެދުނުއިރު އެ ދޯނި އޮތީ ގދ. ތިނަދޫގެ ހުޅަނގުން 31 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު އެ މީހާ މިހާރު ވަނީ ގދ. ތިނަދޫ އަށް ގެންގޮސްފަ އެވެ.

ސިއްހީ މައްސަލަ ދިމާވި މީހާގެ ހާލަތާ ގުޅޭގޮތުން އަދި އިތުރު މައުލޫމާތު ލިބިފައެއް ނުވެ އެވެ.