ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް މާފުއްޓަށް ވަޑައިގަންނަވަނީ

Dec 28, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިއަދު މާފުއްޓަަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ބުނީ ރައީސް މާފުއްޓަށް ވަޑައިގަންނަވަަނީ ކ. މާފުށީ ޕިކްނިކް އައިލެންޑް އެ ރަށު ކައުންސިލާ ހަވާލުކުރުމަށް މިއަދު ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އެ ރަސްމިއްޔާތުގެ އިތުރުން މާފުށީ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާވެެސް ރައީސް ބައްދަލު ކުރައްވާނެ އެވެ.

ކ. ގުރައިދޫ އަދި މާފުށީގެ ބިން ހިއްކާ ނިމޭއިރު، އެ ދެ ރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ކުޑަ ދެ ރަށް ހިއްކައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޖަނަވަރީ 23، 2020 ގައެވެ.

މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. އެ މަސަައްކަތް ނިންމުނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.