ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އީދު ފާހަގަކުރެއްވުމަަށް ރައީސްގެ ދެކަނބަލުން މާފުއްޓަށް ވަޑައިގެންފި

އީދު ފާހަގަކުރެއްވުމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މާފުއްޓަށް ވަޑައިގެންފި އެވެ.

ރަައީސްގެ ދެކަނބަލުން މާފުއްޓަށް ވަޑައިގެންފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރީންނެވެ. މާފުށިން ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ވަރަށް ގިނަ އަދަދެއްގެ އާންމުން ވަނީ ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ރައީސް ވަނީ އެ ރައްޔިތުންނާ ސަލާމް ކުރައްވާ އީދުގެ ތަހުނިޔާ ވިދާޅުވެފައެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު ވިދާޅުވީ މާފުށީގައި މިއަހަރުގެ ކުޑަ އީދު ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވާތީ އީދުގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުންނަށް ދައުވަތު ދެއްވީ ކަމަށެވެ.

ސަލާހް ވިދާޅުވި ގޮތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނީ އީދު ދުވަހު އޮންނަ ސަގާފީ ޖަފާތެއްގައި އާއި އެ ދުވަހު ހަވީރު އޮންނަ ކުޑަކުދިންގެ ހަވީރުގަ އެވެ.

މާފުށީގެ އީދު ހަރަކާތްތައް ފެށުނީ ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުންނެވެ. އޭގެ ފަހުން އީދު ސައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެކި އުމުރުފުރާ ތަކަށް ހާއްސަކޮށްގެން ކޮންމެ ރެއަކު މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

އީދާ ދިމާކޮށް އިއްޔެ އެކަނިވެސް 1،800 ވުރެ ގިނަ މީހުން ވަަނީ މާފުއްޓަށް އަރާފައެވެ. އެ ރަށުގެ ހުރިހާ ގެސްޓް ހައުސްތައް ފުލްވެ ކުލީ ކޮޓަރިތައްވެސް ވަނީ ވިކިފައެވެ.