ހަބަރު

ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މުލިއާގޭގައި

ފިޠުރުޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން މުލިއާގޭގައި ބާއްވަން ނިންމަވައިފި އެވެ.

ޢީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުގެ ހެނދުނު 9.30 އިން 10.30 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.

އީދު ސަލާން ކުރެއްވުމުގައި ވީހާވެސް ގިނަ ދިވެހިންނާއި އިއްޒައްތެރިން ބައިވެރިވެވަޑައިގެންދެއްވު މަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އެދިވަޑައިގަންނަވަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އީދު ސަލާމް ކުރެއްވުން ބާއްވާފައިވަނީ ރަސްރަނި ބަގީޗާ އާއި ދަރުބާރުގޭގައި އެވެ.