މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގު މައްސަލައެއްގައި ވިލިމާލޭން ހަތަރު މީހަކު ހައްޔަރުކޮށްފި

Dec 30, 2021

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެ އިން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުުރުން 27 އަހަރުގެ މީހެކެވެ.

ހައްޔަރުކޮށްފައި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ވިލިމާލެތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިން، އެމީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 67 ސެލޯފިންކޮޅު ފެނުމާ ގުޅިގެންނެވެ.

މިމައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު 24 އަހަރުގެ މީހާ އަށް ދީފައިވެ އެވެ. އަދި އަނެއް ތިން މީހުން ބަންދުގައި ބޭތިއްބުމަށް ހަތަރު ދުވަހުގެ މުއްދަތު ދީފައިވެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތަށް މިހާރު ވަނީ ހާއްސަ ޓާސްކް ފޯހެއް ވެސް ހަދާފަ އެވެ.