ގއ. ވިލިނގިލި

މަހަށް ނުކުމެ އުޅުނު މީހަކު މަރުވެއްޖެ

ގއ. ވިލިނގިލިން މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ދޯނީގައި ހުރި މީހަކު ހާލު ދެރަވެގެން ދާންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ރޭ 12:25 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.

ހެލްތު ސެންޓަރަށް އެ މީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އެއީ އުމުރުން 35 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.