ހަބަރު

ވިލިނގިލީގައި މަރުވި މީހާގެ ހަށިގަނޑުން ޒަހަމްތަކެއް

Feb 17, 2019
1

ގއ. ވިލިނގިލީ އުތުރުކޮޅުގައި ހުރި ހަރުގެއެއްގެ ކައިރީ މަރުވެފައިވާ އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 7:00 ހާއިރު ވިލިނގިލީގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުުހުންނަށް އެ ރަށުގެ އުތުރުކޮޅުގައި ހުރި ހަރުގެއެއްގެ ކައިރީގައި މަރުވެފައި އޮއްވާ ފެނުނީ، 39 އަހަރުގެ ފިރިހެނަކު ކަމަށެވެ. މަރުވެފައި އޮތް އެ ދިވެހި މީހާގެ ހަށިގަނޑުގެ އެކި ތަންތަނުން ޒަހަމްތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ފުލުހުން ބުނީ، ހަށިގަނޑުގެ ބައެއް ތަންތަން ފިހިފައިވާ ކަމަށް ވެސް ފާހަގަވެފައިވާ ކަމަށެވެ. އެއީ ތޫނު އެއްޗަކުން ދީފައިވާ ޒަހަމްތަކެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.