މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އިނާމްތަކާއެކު އެމްޕީއެލްގެ ދުވުން މާދަމާ

Dec 30, 2021

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށް ގެންދާ "ޕޯޓް ސޭފްޓީ ރަން" މާދަމާ ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެމްޕީއެލްއިން މިދިޔަ އާދިއްތައިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށް ގެންދާ "ޕޯޓް ސޭފްޓީ ވީކް" ގެ ދަށުން ކުރިއަށް ގެންދާ އެންމެ ފަހު ހަރަކާތުގެ ދަށުން، ދުވުން ކުރިއަށް ގެންދާނީ މާދަމާ ހުޅުމާލޭގަ އެވެ.

މާދަމާ ހެނދުނު 6:30 ގައި ހުޅުމާލެ ޕޯޓު ސަރަހައްދުގައި ފަށާ މި ދުވުމުގައި މިހާތަނަށް 300ށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އަދި، އެކި ވުޒާރާތަކުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންވެސް ދުވުމުގައި ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ވަނަވަނަޔަށް ހޮވޭ ފަރާތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، އެއްވަނައަށް ހޮވޭ ފަރާތަކަށް 2500 ރުފިޔާ، ދެވަނަޔަށް 1500 ރުފިޔާ އަދި ތިން ވަނަޔަށް ހޮވޭ ފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ދުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާޒީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާ، ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް)ށް ހަދިޔާކުރުމަށް ވަނީ ނިމްމާފައެވެ.

ދުވުން ޕްރޮމޯޓްކުރުމުގެ ގޮތުން އެމްޕީއެލްއިން ވަނީ މިއަދު ހެނދުނު ނައިބު ރައީސް ފައިސަލް ނަސީމަށް ދުވުމުގެ ޖޯޒީ ހަދިޔާކޮށްފައެވެ. މީގެއިތުރުން، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއަށްވެސް ވަނީ ޖާރޒީ ހަވާލުކޮށްފައެވެ. އެމްޕީއެލްގެ ފަރާތުން ޖާރޒީ ހަވާލުކޮށްދެއްވީ ސީއީއޯ ޝާހިދު އަލީ އެވެ.