ދުނިޔެ

އިޒްރޭލުގައި 547 ފަލަސްތީން މީހުން އުމުރަށް ޖަލަށް ލާފައި

އިޒްރޭލު ޖަލުތަކުގައި އުމުރަށް ޖަލަށް ލާފައި ތިބި ފަލަސްތީން މީހުންގެ އަދަދު 547 އަށް އަރައިފި ކަމަށް އެމީހުންގެ ދިފާއުގައި މަސައްކަތްކުރާ ޖަމާއަަތަކުން ބުނެފި އެވެ.

ޕަލަސްޓީނިއަން ޕްރިޒަނާސް ސޮސައިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ބުދަ ދުވަހު ޔޫސުފް ޒުހޫރު އުމުރަށް ޖަލަށް ލާން އިޒްރޭލުގެ އަސްކަރީ ކޯޓަކުން ކަނޑައެޅުމުން ހަމަވި އަދަދަކީ އެއީ ކަމަށެވެ.

ޔޫސުފް ޒުހޫރުއާ އެކު ޑިސެމްބަރުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އެހެން ދެ މީހަަކަށް ވެސް ވަނީ އިއްވާފަ އެވެ. އެއީ ގާސިމް އަސަފްރާ އާއި ނާސިރު އަސަފްރާ އެވެ.

މިތިން މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ސަބަބަކީ އޮގަސްޓް 2019 ގައި ހިނގައިިދިޔަ ހަމަނުޖެހުންތަކެއްގައި އިޒްރޭލުގެ ރައްޔިތަކު މަރުވުމާ ގުޅިގެން ކަމަށް ޕަލަސްޓީނިއަން ޕްރިޒަނާސް ސޮސައިޓީގެ ބަޔާނުގައިވެ އެވެ.

އުމުރު ދުވަހަށް ޖަލަށް ލާން ހުކުމް ކުރުމުގެ އިތުރުން ޔޫސުފް ޒުހޭރު ވަނީ 483.0000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

އޮގަސްޓް 2019 ގައި ހިނގައިދިއަ ހަމަނުޖެހުން ތަކުގައި އެތިން މީހުން ހައްޔަރުކޮށް ގެދޮރު ސުންނާފަތިކޮށްފައިވާ ކަމަށް ވެސް ޕަލަސްޓީނިއަން ޕްރިޒަނާސް ސޮސައިޓީން ބުނެ އެވެ. އެ ޖަމާއަތުން ބުނި ގޮތުން ޖަލުތަކުގައި ފަލަސްތީން މީހުންނަށް ވަރަށް ނިކަމެތިކޮށް ހިތާ ކަމަށެވެ.

އިޒްރޭލު ޖަލުތަކުގައި މިހާރު ވެސް 4،550 ފަލަސްތީން މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި 32 އަންހެނުންނާއި 170 ކުދިން ހިމެނެ އެވެ. މީގެ އިތުރުން 500 ޝަރީއަތެއް ނުހިންގައި 500 މީހުން ޖަލުތަކުގައި ހިފަހައްޓާފައި ތިބި ކަމަށް ވެސް ޕަލަސްޓީނިއަން ޕްރިޒަނާސް ސޮސައިޓީން ބުނެ އެވެ.