އެމްއެންޑީއެފް

ޝުރޭހު ހޯދުމުގެ މަސައްކަތް ފުޅާކޮށްފި

ބޯވަ ނަގަން މޫދަށް ފާބައިގެން އުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ގެއްލިގެން ހޯދަނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި ހދ. ކުމުންދޫ އަރާއިރު، ޝުރޭހު ހަސަން ކިޔާ 21 އަހަރުގެ މީހެކެވެ.

އެމްއެންޑީއެފް އިން ބުނީ ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް އޭނާ އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށް ވާގޮތަށް ކަމަށެވެ.

ގެއްލުނު ވަގުތު އޭނާގެ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ. އެގޮތުން ކޯސްޓްގާޑް ނޫރައްދީން އަދި ހާބާ ކްރާފްޓް ލޯންޗެއް މިހާރުވެސް ދަނީ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރޭގެ ނިޔަލަށް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ޑައިވްކޮށްގެން 55،000 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައެވެ. އަދި ސްނޯކްލިން ކޮށްގެން 36،000 އަކަމީޓަރުގެ ސަރަހައްދެއް މިހާތަނަށް ވަނީ ބަލާފައެވެ.