އެމްއެންޑީއެފް

ތިން މީހުން ތިބި ދޯންޏެއް އަޑިއަށް ދަނީ

ވ. ފުއްސަރު ކައިރިން ދޯންޏެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފި އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރި "އަލަމާ-05" ނަމަކަށް ކިޔާ ދޯނި ވ.ފުއްސަރުގަޅުގެ ހުޅަނގު ދެކުނުން ހަތަރު ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ރޭ 11:22 ގައި ލިބިފައިވާ ކަމަށެވެ.

މި ދޯނީގައި ތިބީ ތިން މީހުން ކަމަށްވެސް ބުންޏެވެ. އަދި މިދޯނި ދަތުރު ކުރަމުން ދިޔައީ ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް ލިބިފައިވާ މައުލޫމާތުތައް ހާމަކޮށް ސިފައިން ބުންޏެވެ.

މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.