މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ތިނަދޫގެ އިންޑަސްޓްރިއަލް ޒޯނަށް ބިން ހިއްކުން އެމްޓީސީސީއަށް

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހްމަދު ތޮލްހަތު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ.

މި މަޝްރޫއުގެ ދަށުން ތިނަދޫގައި 219،595 އަކަމީޓަރުގެ ބިން ހިއްކުމާއި ތިނަދޫގެ ހުޅަނގު ދެކުނު ފަރާތުގައި 1،336 މީޓަރުގައި ރިވެޓްމަންޓް ޖެހުމަށް ނިންމާފައިވެ އެވެ. އަދި 284 މީޓަރުގައި އެއްގަމު ތޮށި ޖެހުމާއި ކޮންކްރީޓް ބްރިޖެއް އެޅުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 660 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެއީ 125.2 މިލިއަން ރުފިޔާގެ މަޝްރޫއުކެވެ.