ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްޓީސީސީ

ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމައިފި

ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމާ ޕްލޭނިން މިިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ބޮޑު އާބާދީއެއް އޮންނަ ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މި މަސައްކަތް ނިންމާލާފައިވަނީ އެންމެ 20 ދުވަހުންނެވެ. އެ ރަށުގައި ހަދާފައިވަނީ 22 އެނދުގެ ފެސިލިޓީއެކެވެ.

އެމްޓީސީސީން މިއަދު ބުނީ ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމާ ޕްލޭނިން މިިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް އަޅަން ނިންމީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް ބަލި މީހުނަށް ފަރުވާ ދޭން ފެސިލިޓީސްތައް ގާއިމް ކޮށް ހުވަދޫގެ ދެ ބުރިއައް ފުދޭ ގޮތަށް ގއ. ވިލިނގިލީގައި ހެދި ފެސިލިޓީއަށް ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު ގެންދިއުމުން ވިލިނގިއްޔަށް އެރުވިޔަ ނުދީ ބަޔަކު ހުއްޓިވި މައްސަލައަށް ފަހު އެވެ.