އެމްޓީސީސީ

ކުރިނބީ ބަނދަރު މަޝްރޫއު އެމްޓީސީސީއަށް

ކުރިނބީ ބަނދަރު މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ޕްލޭނިން މިނިސްޓްރީ
0%
0%
0%

ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 42.9 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން 4،389 ކިއުބިކް މީޓަރަށް ކުރިނބީ ބަނދަރު ފުންކުރާނެ އެވެ. ބަނދަރަށް އިތުރުކުރެވޭ ބައި 30،172 ކިއުބިކް މީޓަރަށް ފުންކޮށް، ބަނދަރަށް ވަންނަ ނެރު 2،040 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްރޫއުގައި 295 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 70 މީޓަރު ރިވެޓްމަންޓު ޖެހުމާއި 314 މީޓަރު ސްކޯރިންގް އެޕްރޮން ޖެހުން އަދި ދެ ނެވިގޭޝަން ލައިޓު ހަރުކުރުން ހިމެނެ އެވެ.

މި މަޝްރޫއު 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ރޭމްޕު ހެދުމާއި މަގު ބައްތި ހަރުކޮށް ޕޭމަންޓު ހެދުން ހިމެނެ އެވެ.

ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ހެދުން ފަދަ މަސައްކަތްތައް ސަރުކާރުން އެންމެ ގިނައިން ހަވާލުކުރާ ކުންފުންޏަކީ އެމްޓީސީސީ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345