ބަނދަރު ޕްރޮޖެކްޓް

މިލަދޫ ބަނދަރުގެ އަޕްޑޭޓް ދީފި

Nov 28, 2021
މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގައި އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެމްޓީސީސީ
0%
0%
0%

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމާއި އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން ރިވެޓް ޖެހުމުގެ 56 ޕަސެންޓް މަސައްކަތް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބަނދަރު މަސައްކަތް ނިންމުމެވެ.

މި މަޝްރޫއުގައި 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ. މީގެ އިތުރުން 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުން ހިމެނެ އެވެ.

މިލަދޫގެ މި މަޝްރޫއަށް 42.1 މިލިއަން ރުފިޔާ ހޭދަ ކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910