އެމްޓީސީސީ

މިލަދޫ ބަނދަރުގެ 90 ޕަސެންޓް ނިމިއްޖެ

ނ. މިލަދޫ ބަނދަރުގެ 90 ޕަސެންޓް މަސައްކަތް ވަނީ ނިންމާފައި --
0%
0%
0%

ނ. މިލަދޫ ބަނދަރުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް މިމަހުގެ އެއްވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މިލަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން 248 މީޓަރގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި 286 މީޓާ އެއްގަމު ތޮށި ހެދުމާއި 137 މީޓަރު ރިވެޓްމަންޓް ޖެހުމާއި ރޭމްޕެއް ހެދުމާއި 1430 އަކަމީޓަރުގެ ޕޭވްމަންޓް ހަދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އަދި 36،215 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި 1000 ކިއުބިކް މީޓަރަށް ނެރު ފުންކުރުމާއި 10 މޫރިން ބްލޮކްސް ޖެހުމާއި 20 މީޓަރު ގްރޯއިން ޖެހުމާއި 14 ބަނދަރު ބައްތި ޖެހުމުގެ އިތުރުން 2 ނެރުބައްތި ޖެހުން ވެސް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަމާލުކުރި މި މަސައްކަތުގެ އަގަކީ 42,183,081.60 ރުފިޔާ އެވެ. ބަނދަރުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910