މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ކެލާގެ ނެރާއި ބޭރުތޮށިލުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށިލުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އެމްޓީސީސީގެ ފަރާތުބް ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން ހަލީމު އެވެ.

ދައުލަތުގެ ބަޖެޓު ހަރަދުކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫއު ނިންމަން ދީފައިވަނީ 300 ދުވަހެވެ. މަޝްރޫއުގެ އަގަކީ 18.3 މިލިއަން ރުފިޔާ އެވެ.

މިމަޝްރޫއުގެ ދަށުން ބަނދަރު ތެރެއިން 6،632 ކިއުބިކް މީޓަރުގެ ސަރަހައްދަށް ފުންކުރުމާއި، ނެރު ހެދުމަށް 57،750 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން ހިމެނެ އެވެ.

މީގެ އިތުރުން 36 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 20 މީޓަރުގެ ގްރޮއިން އަދި 309 މީޓަރުގެ ޖިއޯ ބޭގް ޖެހުމަށްވެސް ހަމަޖެހިފައިވެ އެވެ.