ބޮލީވުޑް

ދިޕިކާ ކުޅޭނެ ފިލްމެއް ނެތިފައި

Dec 17, 2015

މިއަހަރަކީ ހުރިހާ ގޮތަކުން ވެސް ބަތަލާ ދިޕިކާ ޕަދުކޯން އަށް ވަރަށް ކާމިޔާބު އަހަރެކެވެ. މިހާތަނަށް އޭނާގެ ދެފިލްމެއް ރިލީޒްވެފައިވެ، ބޮޑު ކާމޔާބީއެއް ލިބިފައިވާއިރު، މާދަމާ އޭނާގެ އިތުރު ފިލްމެއްވެސް ރިލީޒްވާނެ އެވެ.

ތިން ފިލްމުގެ މަސައްކަތް މިއަހަރު ދިޕިކާ ކޮށްފައިވާއިރު، ބިޒީ އަހަރަކަށްފަހު އަންނަ އަހަރު ކުޅޭނެ އެންމެ ފިލްމެއްވެސް އަދި އޭނާއަކަށް ހަމަޖެހިފައެއް ނެތެވެ.

އަންނަ އަހަރުގައި ކުޅޭނެ ފިލްމެއް އަދި ނެތް ކަމަށް ބުނަމުން ދިޕިކާ ވަނީ ގިނަ ފިލްމުތައް ކުޅުމުގެ ފުރުސަތުތައް ލިބެމުން އަންނަކަމަށާއި ނަމަވެސް އޭގެތެރެއިން އެއްވެް ފިލްމެއްގެ ސްކްރިޕްޓާ މެދު އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ.

"އަހަރެން ހަމައެކަނި ފިލްމު ކުޅެނީ ބިޒީ ތަރިއަކަށްވާކަށް ނޫން. ކުޅޭ ފިލްމެއް ވާންޖެހޭނީ އަހަރެން ވަރަށް އެކްސައިޓްވާ ފިލްމަކަށް. މިހާތަނަށް ކިޔާލި އެއްވެސް ސްކްރިޕްޓަކާ އަހަރެން އެހާ ގަޔައެއް ނުވި" އަންނަ އަހަރު ކުޅޭނެ ފިލްމެއް އަދި ނެތް ކަމުގައި ވިޔަސް އެއީ މައްސަލައެއް ނޫން ކަމަށް ބުނަމުން ދިޕިކާ ބުނެފައިވެ އެވެ.

މިވަގުތު ދިޕިކާ އިތުރު ފިލްމެއްގެ މަސައްކަތްކުރަމުން ނާންނައިރު، ކުޅޭނެ އިތުރު ފިލްމެއްވެސް އަދި ނެތްއިތރު އަންނަ އަންނަ އަހަރުގެ ތެރޭގައި ދިޕިކާ މާގިނަ ފިލްމުތަކުން ފެނިގެންދާނެ ކަމަކަށް ނުބެލެވެ އެވެ.

"އަންނަ އަހަރު ކުޅޭނެ އެއްވެސް ފިލްމަކަށް ސޮއެއް ނުކުރަން" ދިޕިކާ ބުނެފައިވެ އެވެ.

މިފަހުން ލިބުނު ބައެއް ހުށަހެޅުންތަކެއް ދިޕިކާ ވަނީ ދޫވެސްކޮށްލާފަ އެވެ. އޭގެތެރޭގައި މިހާރު ސަލްމާން ޚާން ކުޅެމުން އަންނަ "ސުލްތާން"ގެ ބަތަލާގެ ރޯލު ހިމެނެ އެވެ. އަދި ޑައިރެކްޓަރު ކަރަން ޖޯހަރުގެ "ޝުއްދީ" އަށް ދިޕިކާ ވަނީ ނޫނެކޭ ބުނެފަ އެވެ.

"ޝުއްދީ" އާއި "ސުލްތާން" އަކީ އަންނަ އަހަރު ރިލީޒްކުރާނެ ދެފިލްމަށްވާއިރު، އަންނަ އަހަރު ފެށެން ވެސް މިހާރު ވަރަށް ގާތްވެފައިވާއިރު މިހާތަނަށް ފިލްމެއް ކުޅެން ސޮއިކޮށްފައި ނުވުމުން އަންނަ އަހަރު ދިޕިކާގެ ފިލްމެއް ރިލީޒްވެދާނެ ކަމާ މެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ބޮޑެތި ބައެއް ފިލްމުތަކުން ލިބިފައި ހުރި ހުށަހެޅުންތަކަށް ދިޕިކާ ނޫނެކޭ ބުނެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންވަނީ އެއްވެސް ތަރިއަކު ފިލްމެއް ކުޅެން ދެކޮޅު ނަހަދާނެ ކަމަށާއި ކޮންމެ ތަރިއެއްވެސް ފިލްމެއް ކުޅެން އެއްބަސްވަނީ އެފިލްމެއްގެ ވާހަކައާ މެދު ހިތްހަމަޖެހޭ ނަމަ އެވެ. އެގޮތުން އޭނާ ނުކުޅެ ދޫކޮށްލާފައިވާ އެއްވެސް ފިލްމެއް ދޫކޮށްލެވުނު ކަމާ މެދި ދެރ ނުވާކަމަށް ވެސް ދިޕިކާ ބުންޏެވެ.

މިފަހުން ސޯޝަލް މީޑިއާގައި އާންމުވި ދިޕިކާ އާއި ހޮލީވުޑްގެ ތަރި ވިން ޑީސެލްގެ ފޮޓޯއާއެކު އޭނާއަށް "ޓްރިޕަލް އެކްސް"ގެ ރޯލެއް ހުށަހަޅާފައިވާ ކަމަށް ދެކެވެމުން އަންނަ ވާހަކައާ ގުޅިގެން ވެސް ދިޕިކާ ވަނީ އެއްވެސް ހޮލީވުޑް ފިލްމެއް ކުޅެން ވެސް އަދި ސޮއި ކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް ފުރުސަތެއް ލިބިއްޖެނަމަ ހޮލީވުޑްގެ ފިލްމެއްވެސް ކުޅޭނެ ކަމަށެވެ.