ދުނިޔެ

ހުޅަނގުން ސީރިއާ އަށް ދޭ ހަމަލާތަކުގެ ތަހުގީގު ނުކުރަން އދ އިން ނިންމައިފި

ހުޅަނގުގެ ގައުމުތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ސީރިއާ އަށް ދޭ ވައިގެ ހަމަލާތަކުގެ ތަހުގީގު އދ.ގެ "ވާ ކްރައިމްސް އިންވެސްޓިގޭޓާޒް" ތަހުގީގް ނުކުރާނެ ކަމަށް އދ އިން ބުނެފި އެވެ. އދ. އިން މިހެން ބުނެފައިވާއިރު ބައެއް ގައުމުތަކުން ސީރިޔާ އަށް ދޭ ވައިގެ ހަމަލާތަކަކީ ހަނގުރާމަ ކުރުމުގައި ބޭނުން ކުރަންޖެހޭ އުސޫލުތަކާ ހިލާފަށް ދެމުންދާ ހަމަލާތައްކަން ފާހަގަކުރެވެ އެވެ.

އދ.ގެ އިންކުއަރީ ކޮމިޝަނުން ބުނަނީ އެފަދަ މައްސަލަތައް ތަހުގީގް ކުރުމަކީ އެކޮމިޝަނުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ރޮއިޓާޒް އަށް ދެއްވި ހާއްސަ އިންޓަރވިއު އެއްގައި އދ އިން ބުނީ އެމެރިކާ، ފްރާންސް އަދި ރަޝިއާ އިންނާއި އިނގިރޭސި ވިލާތުން ސީރިއާ އަށް ދެމުންދާ ހަމަލާތައް އދ. އިން ތަހުގީގް ކުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

ހައްދު ފަހަނައަޅާފައިވާ އައިސިސް އިން ވަނީ ސީރިޔާ އަދި މުޅި އިރާގަށް ފަތުރިގަނެ އަތް ގަދަކޮށްފަ އެވެ. މި ހަމަލާތައް ހުއްޓުވުމުގެ ނަމުގައި ފްރާންސް އަދި ރަޝިޔާ ފަދަ ގައުމުތަކުން ދަނީ ވައިގެ ނުރައްކާތެރި ހަމަލާތައް ސީރިއާ އަށް ދެމުންނެވެ. މިހަމަލާތަކުގައި ސީރިޔާގައި މިސްކިތްތަކާއި، ހޮސްޕިޓަލްތައް ބިމާ ހަމަވެ އެތައް ސަތޭކަ ބަޔަކުވަނީ މަރުވެފަ އެވެ.