މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މާފުށީ ޖަލުގައި ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި

Jan 13, 2022

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގައިދީން ރިހެބިލިޓޭޓް ކުރުމުގެ އިތުރު މަސައްކަތްތަކެއް މާފުށި ޖަލުގައި ފަށައިފި އެވެ.

ކަރެކްޝަނުން ބުނީ ރިހެބިލިޓޭޝަން ފްރޭމްވޯކް ފޭސް ޓޫ ކުރިއަށް ދާނީ ތިން މަސް ދުވަހަށެވެ. އެ ޕްރޮގްރާމމްގައި ފިރިހެން 16 ގައިދީއަކާއި އަންހެން ހަތަރު ގައިދީއަކު ބައިވެރިވާ ކަމަށެވެ.

ރިހެބިލިޓޭޝަން ފްރޭމްވޯކް ތައާރަފްކުރަނީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއް ކޮށް ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދޭށެ.